ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2015/131
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 19 މާރިޗު 2015 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

2 (ދޭއް)

މުސާރަ:

މަހަކު 3،549.22 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1،521.09 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ އޯޕަން ލަރނިންގ

ސްޕައިން ޕޮއިންޓް:

1

ގްރޭޑް:

1

މަޤާމުގެ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1.  ސާފުކުރަން ހަވާލުކުރެވޭ އޮފީހުގެ ތަންތަން ގަވާއިދުން ސާފުކުރުން. މިގޮތުން ސާފުކޮށް ބަލަހައްޓަންޖެހޭ ތަންތަނަކީ:
  • ޖީ.ބްލޮކްގެ ކޮމްޕައުންޑުން، ފެކަލްޓީ އޮފް އާރޓްސްގެ ކުރިމަތިން ބަހާފައި ދީފައިވާ ސަރަހައްދު.
  • ސީ.އޯ.އެލްގެ ކްލާސްރޫމް ނަންބަރު 9 އާއި 12
  • އޮފީސްބައިގެ އެތެރެ (ރިސެޕްޝަން އޭރިއާއާއި އެޑްމިން ބައި)
  • ފިރިހެނުންގެ 2 ފާޚާނާއާއި ފާޚާނާ ބުލޮކުގެ ބޭރުގައިވާ ސަރަހައްދު
  • އޮފީހުގެ ކުޑަ މީޓިންގ ރޫމް
  • ސައިކޮޓަރިއާއި، ސައިކޮޓަރީގެ ކުރިމަތީގައި އޮންނަ ސަރަހައްދާއި، ކްލާސްރޫމްތަކަށް ދާން އޮންނަ ކޮރިޑޯ
  1. ނަންބަރު 1 ގައި އިސްވެބަޔާން ކުރެވުނު ތަންތަން ކޮންމެ ދުވަހަކުވެސް ސާފުކުރަންވާނެއެވެ.
  2. ކޮންމެ ތަނެއް ސާފުކުރުމުގައިވެސް އެތަނެއްގެ ތަޅުންގަނޑާއި، އެތަނެއްގައި ހުރި ފަރުނީޗަރާއި މެޝިނަރީވެސް ހިރަފުސްފޮޅައި ސާފުކޮށް، މޮޕް އަޅަންޖެހޭ ތަންތަނުގައި މޮޕް އެޅުން.
  3. ސާފުކުރަން ލިބިފައިވާ ތަންތަނުގެ ދޮރުތަކާއި ކުޑަދޮރުތައް، މަދުވެގެން ހަފުތާއަކު އެއްފަހަރު ރީތިކޮށް ފޮހެ ސާފުކުރުން.
  4. ސާފުކުރަން ލިބިފައިވާ ތަންތަނުގެ ފަންކާތަކާއި ހޮޅިބުރިއާއި ބޮކިތައް، ކޮންމެ ދެ ހަފުތާއިން އެއްފަހަރު ފޮހުން.
  5. ބްލޮކް ކްލާސް ނިމޭދުވަހު، ކްލާސްތައް ނިމުމުން، އެވަގުތު ޑިއުޓީގައިހުރި މުވައްޒަފެއްގެ ލަފާގެމަތީން ކްލާސްރޫމްތައް ސާފުކުރުން.
  6. އޮފީހުން ބައިވެރިވާ ޚާއްޞަ އިވެންޓްތަކާއި، ކުއްލިއަކަށް ދިމާވާ ކަންކަމުގައި، ސެންޓަރުގެ ވެރިޔާ އަންގާ ގޮތެއްގެ މަތީން އޮފީހުގެ މަސައްކަތް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1.  ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

 

 

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް، އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.
  • މި މަޤާމަށް އެދި ކުރިން އެޕްލިކޭޝަން ފޮނުވާފައިވާ ކެންޑިޑޭޓުން، އަލުން އެޕްލިކޭޝަން ފޮނުވާކަށް ނުޖެހޭނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
 21 ޖުމާދަލްއޫލާ 1436
12 މާރިޗު 2015