ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESM&PS/416/2023/115
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 05 ނޮވެންބަރު 2023 18:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލިގައި މަގުމައްޗަށް ފެންފަހިވާ ގޮތަށް ހުރި ފުރާޅުތައް އިސްލާޙް ކުރުމާއި ގުޅޭ

          ވިއްސާރަ ދުވަސްތަކުގައި ބައެއް ގޭގެއާއި ގޯތިތަކުގައި ހަދާފައިވާ ޢިމާރާތްތަކުން މަގުމަށްޗަށް ފެންފަހިވާ ގޮތަށް ހުރި ފުރާޅުތަކާއި ހަރުކޮށްފައި ހުރި ދިޔަދޮވިތަކުން މަގުމަށްޗަށް ފެންފައިބާ، މަގުގައި ފެންބޮޑުވެ މަގުތަކުގައި ހިނގާފަރާތްތަކާއި ދުއްވާއެއްޗިއްސަށް އުނދަގޫ ވާކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ. އެހެންކަމުން،މަގުމަށްޗަށް ފެންފަހިވާ ގޮތަށް ހަދާފައިވާ ފުރާޅުތަކާއި، ދިޔަދޮވިތަކުން މަގުމައްޗަށް ފެންނުފައިބާ ގޮތަށް މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި އިސްލާޙްކުރުމަށް ދެންނެވީމެވެ.

              މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 އޮކްޓޫބަރު 2023