މަސައްކަތް
ނަންބަރު: MMS-A/2015/10
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 16:32
ސުންގަޑި: 19 މާރިޗު 2015 11:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ލ.ކައްދޫ ރީޖަނަލް އެއަރޕޯޓުގައި ހުންނަ ކައްދޫ މެޓް އޮފީހުގެ ތިރީގައި އެވާ މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ.

  • އޮފީހުގެ ބޮޑު ދޮރު ބަދަލުކުރުން.
  • އޮފީހުގެ ކުޑަ ދޮރުތަށް ބަދަލުކުރުން.
  • އެޑްމިން ބަޔާއި ސައިކޮޓަރި އަދި ފާޚާނާގެ ދޮރާއި ދޮރުފަތް ބަދަލުކުރުން.
  • ގުދަނުގެ ދޮރުފަތް ބަދަލުކުރުން.
  • އޮފީހުގެ ސީލިންގ މަރާމާތު ކުރުން.
  • އިމާރާތުގައި ކުލަޔާއި ދަވާދުލުން.
  • އޮފީހުގައި ހަރުކޮށްފައިވާ 1 ފެންލައިޓް ނެގުމާއި ފާރުގައިވާ އިލެކްޓްރިކަލް 4 ސްވިޗް ބަދަލުކުރުން.
  • ސައިކޮޓަރީގައި ސިންކް ހަރުކުރުމާއި ފާރުގެ ބައެއްގައި މުށިޖެހުން.
  • އެގްޒޯސްޓް ފޭނެއް ހަރުކުރުން.

ވީމާ، މަތީގައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ލ.ކައްދޫ ރީޖަނަލް އެއަރޕޯޓުގައި ހުންނަ ކައްދޫ މެޓްއޮފީހަށް ވަޑައިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކައްދޫ މެޓްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތެއް ބޭނުންނަމަ 6800731 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015