ދިވެހިރާއްޖެ
ކުޅިވަރު އެކުވެނި ބިމުގައި ޢިމާރާތް ކޮށްފައިވާ އިރުވައި ބޭސްފިހާރަ 07 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. މި މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ “ބީލަން ފޮތް'' އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
ބީލަމުގައި ބައިވެރިވުން
މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 12 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ރަޖިސްޓަރީ ފޯމް ފުރިހަމަ ކުރުމަށްފަހު މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރަން ވާނެއެވެ. ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރާއި ހަވާލުކުރަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15 އޮކްޓޯބަރ 2023 ވާ ބުދަ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން މި ކައުންސިލްގެ ގެ އީމެއިލް [email protected] އަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހަޅާނީ 18 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގައި އަރިއަތޮޅު ދެކުނުބުރީ ކައުންސިލްގެ އިދާރާއަށެވެ.