މަސައްކަތް
ނަންބަރު: 198-K/2015/16
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 26 ފެބުރުވަރީ 2015 11:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސެކިޔުރިޓީ ޕޯސްޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ޖަސްޓިސް ބިލްޑިންގގެ ސެކިޔުރިޓީ ބެލެހެއްޓުމަށްޓަކައި، ޖަސްޓިސް ބިލްޑިންގގައި ސެކިޔުރިޓީ ޕޯސްޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިޑިޕާޓްމަންޓުން ކުރެވުނު ނަންބަރު: K/2015/08-ފ198 (29 ޖަނަވަރީ 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިވަނީ އެންމެ ދެފަރާތުން ކަމަށްވުމާއެކު، އެދެފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް 2 ވަނަ ފަހަރަށް، ޖަސްޓިސް ބިލްޑިންގގެ ސެކިޔުރިޓީ ބެލެހެއްޓުމަށްޓަކައި ޖަސްޓިސް ބިލްޑިންގގައި ސެކިޔުރިޓީ ޕޯސްޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

28 ރަބީޢުލްއާޚިރު 1436      

18 ފެބުރުވަރީ 2015