މަސައްކަތް
ނަންބަރު: 171-H3(PU)/IUL/2015/48
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި:
12 ފެބުރުވަރީ 2015 11:30
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައްކައި ކާންދޭނެ ފަރާތެއް ހޯދަން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ގއ.ގެމަނަފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށާއި، ކުށުގެ ތުހުމަތުގައި ގއ.ގެމަނަފުށި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 11:30ގައި، ގއ.ގެމަނަފުށި ޕޮލިސް ސްޓޭޝަންގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 17 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 11:30 ގައި ގއ.ގެމަނަފުށި ޕޮލިސް ސްޓޭޝަންގައެވެ.
- ބީލަން ހުށަހެޅޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތައް ނޯޓްކުރާ ކަރުދާހުގައި މަޢުލޫމާތު ސާފުކުރި ފަރާތްތައް ކަމަށް ނޯޓްކުރެވިފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ނުވަތަ ނޯޓް ކުރެވޭނީ އެންމެ ނަމެކެވެ.
- ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
- ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
08 ފެބުރުވަރީ 2015