ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-A1/1/2023/52
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 23 ޖުލައި 2023 12:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ޑާންސް، ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދޭނެ ފަރާތްތައް ހޯދުމަށް

މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ޙަރަކާތްތަކުގެ ތެރެއިން ޑާންސް، ސަގާފީ އަދި ޒަމާނީ މިއުޒިކްގެ ހަރަކާތްތައް ހިމަނައިގެން ދިވެހި ފަންނާނުންގެ މިއުޒިކީ އީދު މާލެ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިގައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން [email protected] އަށް 23 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ.މި މިއުޒިކީ ޢީދު ޝޯގައި ބައިވެރިވާ ގުރޫޕްތައް ހޮވުމުގައި ބަލާނެ މިންގަނޑުތައް އިޢުލާނާއެކު ގެޒެޓުގައި ޝާއިއުކުރެވިފައިވާނެއެވެ.

މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3313456 ނަންބަރު ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

12 ޖުލައި 2023