ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2015/8
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 1130
ސުންގަޑި: 07 ފެބުރުވަރީ 2015 1700
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމާއި މަޢުލޫމާތު ދިނުން

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ރަޖިސްޓަރީކޮށްދިނުން

ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަދި ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު)ގެ ދަށުން، ދިވެހިރާއްޖޭގައި ކުރަމުންދާ ހުރިހާ ވިޔަފާރިތަކަކަށްވެސް ރަޖިސްޓަރީކޮށްގެން، ވިޔަފާރި ހިންގުމަށް ލާޒިމުކުރެއެވެ. 13 އޮގަސްޓު 2014ގެ ނިޔަލަށް ލޯކަލް އިންވެސްޓްމަންޓުގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ވިޔަފާރިކުރަމުން އައި ހުރިހާ ފަރާތްތަކަކުންވެސް، އެފަރާތުގެ ވިޔަފާރި ކުރިއަށްގެންދަން ބޭނުންފުޅުނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިދާނެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި އޮކްޓޫބަރު 2014 އިން ފެށިގެން ފެބުރުވަރީ 2015ގެ ނިޔަލަށް ކޮންމެ މަހަކު 1 ފަހަރު، މަޢުލޫމާތު ދިނުމާއި ރަޖިސްޓްރޭޝަން ސެޓުފިކެޓު ބަލައިގަތުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިސެޝަނުގެ މައިގަނޑު މަޤްޞަދަކީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނާއި ގަވާއިދު އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރުމާއި ހިންގުމުގައި ސަމާލުވާންޖެހޭ ކަންކަމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މިގޮތުން ބާއްވާ 3 ވަނަ ސެޝަނާބެހޭ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

ތާރީޚު: 07 ފެބުރުވަރީ 2015 (ހޮނިހިރު)

ގަޑި:  ހެނދުނު 10:00 އިން ހަވީރު 5:00 އަށް

ތަން: އިސްލާމީ މަރުކަޒުގެ ހޯލް

މި ސެޝަންގެ ތެރެއިން ތިރީގައިވާ ޚިދުމަތްތައް ލިބިވަޑައިގަންނަވާނެއެވެ.

- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތަކުން ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަން ފާސްކޮށްދިނުން.

- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދޭ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތަކަށް، އެހީތެރިކަން ފޯރުކޮށްދިނުން.

- ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް، އައި.ޑީ. ކާޑުގެ ކޮޕީ ހުށަހެޅުމުން، ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދޭ ފޯމު ބަލައިގަނެ، ވަގުތުން ވަގުތަށް ޕްރޮސެސްކުރުމަށްފަހު، ސެޓުފިކެޓު ދޫކުރުން.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނެ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.  

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގެ ނަންބަރު 3333188 އަށް ގުޅުއްވުން އެދެމެވެ.

‏28‏ ރަބީޢުލްއައްވަލް‏ 1436

2015-01-20