ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)179-4.2/1/2015/1
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:22
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކްރެޑިޓް ރޭޓިންގ އޭޖެންސީ ލައިސަންސް އައުކުރުން

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު (2/2006) އަދި ކްރެޑިޓް ރޭޓިންގ އޭޖަންސީތަކާބެހޭ ގަވާއިދު (44-R/2011) ގެ ދަށުން ކްރެޑިޓް އެނަލިސިސް އެންޑް ރިސާރޗް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކްރެޑިޓް ރޭޓިންގ ޚިދުމަތްތައް ދިނުމުގެ ލައިސަންސް، 06 ޖަނަވަރީ 2015 އިން ފެށިގެން 02 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް އައުކޮށްދީފައިވާކަން އެންމެހާ އިންވެސްޓަރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

15 ރަބީޢުލްއައްވަލް 1436

06 ޖަނަވަރީ 2015