ދިވެހިރާއްޖެ
ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ "ސޮޕިންގ" އުސޫލުން (ޖުމްލަ އަގު 35,000/- (ތިރީސް ފަސްހާސް) ރުފިޔާއިން ދަށުގެ) މި އިދާރާއިން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ވެންޑަރ ލިސްޓެއް އެކުލަވާލުމުގެ މަޤްސަދަކީ މިފަދަ ޚިދުމަތް/މަސައްކަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއްދިނުމެވެ.
ވީމާ، ވެންޑަރއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން 2023 މާރިޗް 02 ވަނަ ދުވަހުގެ 14:00ގެ ކުރިން އިޢުލާނާއެކު ހިމެނިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ފޯމުގައި ބަޔާންކުރާ ލިޔުންތަކާއެކު ރަޖިސްޓަރީވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ ނަންބަރު 6620199 އާ ގުޅުއްވުން އެދެމެވެ.
ވެންޑަރ ރަޖިސްޓްރޭޝަން ފޯމުގެ ލިންކް:https://forms.gle/kMnnsRWhH9Bu5ihX6