ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-H3(PU)/IUL/2014/243
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 0921
ސުންގަޑި: 17 ނޮވެންބަރު 2014 1400
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ޕެޓްރޯލާއި ޑީސެލް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ނ.މަނަދޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ އެއްގަމު އުޅަނދުފަހަރަށާއި، ނ.އަތޮޅުގައި ބޭނުންކުރާ ޕޮލިސްގެ ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ޕެޓްރޯލާއި ޑީސެލް، ކޮންޓްރެކްޓް އުސޫލުން ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ނޮވެމްބަރ 2014 ވާ ހޯމަ ދުވަހުގެ 14:00 އަށް ނ.މަަނަދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

13 މުޙައްރަމް 1436

2014-11-06