ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AF/1/2014/146
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 1452
ސުންގަޑި: 06 ނޮވެންބަރު 2014 1400
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) ގެ ދަށުން ރަޖިސްޓަރ ކޮށްފައިވާ ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިފަހަރު މަޢުލޫމާތު ސެޝަން ބޭއްވުމެއް ނޯންނާނެއެވެ. ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 6 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މ. ބޭންފް ވިލާ، ސަބާ މޯލްޑިވްސް، ދެވަނަ ފަންގިފިލާގައި ހުންނަ ކޮންފަރަންސް ހޯލަށް ވަޑައިގެން ބީލަން ހުށަހެޅުން އެދެމެވެ. 14:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

29 ޛުލްޙިއްޖާ 1435

 

2014-10-26