ދިވެހިރާއްޖެ
(IUL)438-WMPC/438/2022/319 :ނަންބަރު
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު-ޕްރޮޖެކްޓް ކޯޑިނޭޓަރ- ޒޯން 2
ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ ސާފު ރާއްޖެ – މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލެވިފައިވާ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)ގެ ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ މުވައްޒަފެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.
މިގޮތުން މި މަޝްރޫޢުގެ ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަޝްރޫޢުގެ އެކިއެކި އިދާރި މަސައްކަތްތައް ކުރުމުގެ އިތުރުން ޓެކްނިކަލް،ފައިނޭންޝިއަލް އަދި ޕްރޮކިއުމަންޓް މަސައްކަތްތައް ކުރުމުގައި ޕްރޮޖެކްޓް ޓީމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:
1) ބިޒްނަސް މެނޭޖްމެނެޓް، ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަސައްކަތާއި ގުޅޭދާއިރާއިން ބެޗްލާރސް ޑިގްރީ ހާޞިލްކޮށްފައިވުން
2) މަދުވެގެން 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
3) ޕްރޮޖެކްޓް ކޯޑިނޭޝަން ނުވަތަ މެނޭޖްމެންޓް ދާއިރާއިން މަދުވެގެން 03 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
4) މީގެ އިތުރުން ބައިނަލްއަޤަވާމީ އެހީދޭ ޖަމިއްޔާއެއްގެ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
5) ޑޯނަރަ ފައިނޭންސްޑް ޕްރޮޖެކްޓް ތަކުގެ ޕްރޮކިޔުމަންޓާއި ގުޅޭ ޓެކްނިކަލް، ކޮމާޝަލް އަދި ލީގަލް މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް
އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން؛ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތު ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.
ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް:
· ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
· ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖްރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ.
· ކުރީގައި ވަޒީފާ އަދާކޮށްފައިވާ ގޮތާއިބެހޭގޮތުން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައިވާ ލިއުންތައް
· ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
· ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ސިވިލް ސަރވިސްގައި މަސައްކަތް ކުރަމުންދާ ފަރާތެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ވަޒީފާއަށް ހޮވޭފަރާތްތަކުން މަސައްކަތްކުރަންޖެހޭނީ މަތީގައި ދަންނަވާފައިވާ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައެވެ.
މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.
މި މަޤާމަށް ކަނޑައަޅާފައިވާ އުޖޫރަ
ތިރީގައިވާ ތާވަލުގައި އެވަނީ މިމަޤާމަށް ކަނޑައެޅިފައިވާ މަހު މުސާރައެވެ. މިމުސާރައިގެ އިތުރުން، ވަކި ޤާނޫނަކުން ލާޒިމުކުރާ ޢިނާޔަތެއްފިޔަވާ އިތުރު އެހެން އެއްވެސް ޢިނާޔަތެއް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.
މަޤާމުގެ ނަން |
ބޭނުންވާ ޢަދަދު |
މުއްދަތު |
މަހު މުސާރަ |
ޕްރޮޖެކްޓް ކޯރޑިނޭޓަރ – ޒޯން – 2 |
1 |
15-14 މަސް |
28800 (ދިވެހިރުފިޔާ) |
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 08 ވަނަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އީމެއިލް އެޑްރެހަށް [email protected]ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ،
ނޭޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން އެންޑް ޓެކްނޯލޮޖީ ބިލްޑިނގް
ކަލާފާނު ހިނގުން، މާލެ، 20392، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ފޯނު ނަންބަރު: 3018300 ، 3018451
24 އޮގަސްޓް 2022