ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2014/142
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 17:52
ސުންގަޑި: 30 ނޮވެންބަރު 2014 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކުންފުނީގެ އަހަރީ ރިޕޯޓު ހުށަހަޅާ މުއްދަތު އިތުރުކުުން

އިޢުލާން

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޮންމެ ކުންފުންޏަކުން، އެކުންފުންޏެއްގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅަންވާނެކަމަށް، މިޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން، 31 ޖުލައި 2013 އާ ހަމަޔަށް ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުން، 2013 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓް އަދި އޮޑިޓަރުގެ ރިޕޯޓް، 30 ނޮވެންބަރު 2014 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ކުންފުނީގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަނާޅުއްވައިފިނަމަ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކުށްވެރިވާނެކަމަށާއި މިގޮތުން ކުށްވެރިވުމުގެ އަދަބަކީ އެކުންފުންޏަކީ ޕްރައިވެޓް ކުންފުންޏެއްނަމަ އެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ -/10,000 ރުފިޔާއިން ޖޫރިމަނާކުރުން ކަމަށާއި އަދި އެކުންފުންޏަކީ ޕަބްލިކް ކުންފުންޏެއްނަމަ އެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ -/30,000 ރުފިޔާއިން ޖޫރިމަނާކުރުން ކަމަށް، ކުންފުންޏާބެހޭ ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކުރެއެވެ.

މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް ކުންފުނިތަކުގެ އަހަރީ ހިސާބުތަކާއި ރިޕޯޓުތައް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv މެދުވެރިކޮށް ހުށަހެޅޭނެ ވާހަކަވެސް މި ފުރުޞަތުގައި ދެންނެވީމެވެ.

ޛުލްޙިއްޖާ 1435

14 އޮކްޓޫބަރު 2014