ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AF/1/2014/136
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 18:25
ސުންގަޑި: 20 އޮކްޓޫބަރު 2014 14:30
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

މި މިނިސްޓްރީގައި ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

1- މަޤާމު: ޑިރެކްޓަރ

ބޭނުންވާ އަދަދު:  1

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:  ފެއަރ ޓްރޭޑް ސެކްޝަން

މަޤާމުގެ ނަމްބަރު

110933

މަގާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ ގްރޭޑް 1

ރޭންކް

އީ.އެކްސް 1

މުސާރައާއި އިނާޔަތްތައް

މުސާރަ

-/8835 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރު ގަޑި:

އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

ފެއަރ ޓްރޭޑް ސެކްޝަން

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

1. ފެއަރ ޓްރޭޑް ސެކްޝަންގެ ދަށުން ހިނގަމުންދާ 3 ޔުނިޓް؛ އިންޓަރލެކްޗުއަލް ޕްރޮޕަރޓީ ޔުނިޓް، މޯލްޑިވްސް ސްޓޭންޑަޑްސް އެންޑް މެޓްރޮލޮޖީ ޔުނިޓް، ކޮންސިއުމަރ ޕްރޮޓެކްޝަން ޔުނިޓް، މިޔުނިޓްތަކުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން                                                 

2. އިންޓަރލެކްޗުއަލް ޕްރޮޕަރޓީއާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ހިންގަމުންދާގޮތް ބެލުން އަދި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ ލޯގޯ، ޓްރޭޑް މާރކް، ބިޒްނަސް ނޭމް، ކޮޕީރައިޓް ރަޖިސްޓްރީ ކުރުމާބެހޭ ހުރިހާކަމެއް ސުޕަރވައިޒްކުރުމާއި މިމަސައްކަތް ހިންގައި ބެލެހެއްޓުން

3. މުދަލާއި ޚިދުމަތުގެ ފެންވަރު ކަނޑައެޅުމުގައާއި އިންޓަރ ނޭޝަނަލް ސްޓޭންޑަޑްސް ތަކާއި ގުޅިގެން ރާއްޖޭގައި ހިންގަންޖެހޭ މަސައްކަތްތައް ހިންގުމާއި، މުދަލާއި ޚިދުމަތުގެ ފެންވަރު ކަނޑައެޅުމުގެ މަސައްކަތުގައި އެހީތެރިވެދިނުން

4. މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތްގަންނަ ފަރާތްތައް ޚިމާޔަތް ކުރުމުގެ ޤާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރުން. މިގޮތުން، މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް ބެލުމާއި، ފިހާރަތަކުގެ އިންސްޕެކްޝަން މަސައްކަތްތަކާއި، ބާޒާރުގެ އަގުތައް މޮނިޓަރ ކުރުމުގެ މަސައްކަތްތައް ކުރުން.

5. ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި، މުދަލާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވެމުންދާ ކަންތައްތަކާއި، މި ދާއިރާގެ ޤާނޫނުތަކާއި ގުޅޭގޮތުން އެންމެހައި ފަރާތްތައް ހޭލުންތެރިކުރުވުމަށްޓަކައި ހިންގަންޖެހޭ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.   

6. އިންޓަރލެކްޗުއަލް ޕްރޮޕަރޓީއާއި ކޮންސިއުމަރ ޕްރޮޓެކަޝަން އަދި ސްޓޭންޑަޑްސް އެންޑް މެޓްރޮލޮޖީއާ ގުޅޭގޮތުން ހަދަންޖެހޭ ޤާނޫނާއި ގަވާއިދުތައް ހެދުމުގެ މަސައްކަތް ރާވައި ހިންގުން އަދި މި ޤާނޫނާއި ގަވާއިދުތަކާއި ގުޅޭގޮތުން ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގެ ޖަމާޢަތްތަކާއިގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުވުމާއި މިކަންތައްތައް ހިންގާ ބެލެހެއްޓުން  

7. ޔުނިޑޯ، ޕީ.ޓީ.ބީ، ވައިޕޯ؛ މިޖަމާއަތްތަކާއި ގުޅިގެން މި މިނިސްޓްރީން ހިންގަންޖެހޭ ޕްރޮޖެކްޓްތަކާއި ގުޅޭ މަސައްކަތްތައް ކުރުމާއި، އެ ޖަމާއަތްތަކާއި ގުޅިގެން ކުރަންޖެހޭ ކަންތައްތަކުގައި އެހީތެރިވެދިނުމާއި މިޖަމާއަތްތަކާއި ގުޅޭގޮތުން ރާއްޖޭގައާއި ރާންޖެއިން ބޭރުގައި ބައިވެރިވާންޖެހޭ ބައްދަލުވުންތަކުގައި ބައިވެރިވެ މިނިސްޓްރީ ތަމްސީލް ކުރުން

8. ޔުނިޓްތަކުގެ މަސައްކަތް އެންމެ އެދެވޭގޮތެއްގައި ހަލުވިކަމާއެކު ހިންގޭނެ ގޮތްތައް ރޭވުމާއި، މަސައްކަތުގެ މާޙައުލު ރަނގަޅު ކުރުމަށާއި، މަސައްކަތް ކުރުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން 

9. ޔުނިޓްތަކުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކާބެހޭގޮތުން، ޔުނިޓްތަކުގެ އިސްވެރިންނަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި ކަންކަން ނިންމުމުގައި ޔުނިޓްތަކުގެ އިސްވެރިންނަށް ބޭނުންވާ އިރުޝާދު ދިނުމާއި އެހީތެރިވެދިނުން

10. ހަވާލުކޮށްފައިވާ މަސައްކަތާގުޅޭ ޤާނޫނުތަކާއި، ގަވާއިދުތައް ހިންގުމުގައި ކުރަންޖެހޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމާއި، މަޝްވަރާ ބޭނުންވާ ފަރާތްތަކަށް މަޝްވަރާދިނުމާއި އަދި އެކަންކަމާގުޅޭގޮތުން އިރުޝާދު ދޭންޖެހޭ ފަރާތްތަކަށް އިރުޝާދު ދިނުން.

11. މަސައްކަތްތައް ހިންގުމުގައާއި، ޚިދުމަތް ދިނުމުގައި މެދުވެރިވާ މައްސަލަތައް ދެނެގަނެ އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ދިރާސާތައްކުރުމުގައާއި، މިގޮތުން ކުރެވޭ ދިރާސާތަކުގެ އަލީގައި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެހީތެރިވުން

12. ލިބިފައިވާ ތަޖުރިބާއާއި، ޢިލްމީ ޤާބިލްކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭކަންތައްތައް ކުރުމުގައާއި، ނަތީޖާ ހާސިލުކުރުމުގައި މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާއެއްގޮތަށް ޢަމަލުކުރުން

13. މިނިސްޓްރީއިން ވަގުތީގޮތުން ކަމެއް ޙަވާލުކޮށްފިނަމަ އެކަމެއްކުރުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  5. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތަރީޚާއި ތަން

އިންޓަރވިއު ކުރުން:

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ނުވަތަ 2 ހަފުތާ ތެރޭގައެވެ.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާއި ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 14.30 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުއްވުން ނުވަތަ  [email protected]   އަށް މެއިލް ކުރެއްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ތަތްކޮށްފައި)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެއޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 15:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު ސިވިލް ސާރވިސްގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

- މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަމްބަރު: 3333174 އަށް ގުޅުއްވުމުން ނުވަތަ  [email protected]   އަށް އީމެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

06 ޛުލްޙިއްޖާ 1435

01 އޮކްޓޫބަރު 2014