ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-RBC/1/2014/198
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:04
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ޕްރީ ރަޖިސްޓަރީވުމަށް ހުށަހަޅަންޖެހޭ އައި.އީ.އެލް.ޓީ.އެސް ސެޓުފިކެޓާބެހޭ

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފާރމަސިސްޓުންނާއި، މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި، ކޮމިއުނިޓީ ހެލްތު ޕްރޮވައިޑަރުންނަށް މިހާރު މި ބޯޑުގައި ރަޖިސްޓަރީ ވެވެނީ ކޮމްޕިޓެންސީ އިމްތިހާނެއް ހެދުމުންކަމަށްވާތީ، 1 އޮކްޓޫބަރު 2014 އިން ފެށިގެން މި ބޯޑުގެ ޕްރީ ރަޖިސްޓްރޭޝަނަށް ހުށަހަޅާ، މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ހެލްތު ޕްރޮފެޝަނަލުންނަށް އައި.އެލް.ޓީ.އެސް ސެޓުފިކެޓާ ނުލައިވެސް ޕްރީ ރަޖިސްޓްރޭޝަނަށް ހުށަހެޅޭނެކަމަށް ދެންނެވީމެވެ. ނަމަވެސް މިދެންނެވި ކޮމްޕިޓެންސީ އިމްތިހާނު ދެވޭނީ އެފަރާތެއްގެ ވާހަކަދެއްކުމުގެ ހުނަރު ބެލުމުގެ ގޮތުން އިންޓަރވިއު އެއް ކުރުމަށްފަހު މި އިންޓަރވިއުއިން ފާސްވާފަރާތްތަކަށްކަން އަންގައި އިއުލާނު ކުރީމެވެ.

6 ޛުލްޙިއްޖާ 1435       

30 ސެޕްޓެންބަރު 2014