މަސައްކަތް
ނަންބަރު: (IUL)7-HRCE/1/2014/97
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 12 އޮކްޓޫބަރު 2014 15:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މެނޭޖްމަންޓް ޓްރޭނިންގ އާއި ދިވެހިބަހުގެ ޓްރޭނިންގ ދޭނެ ފަރާތެއް ހޯދުމަށް

މިއޮފީހުގެ މުވައްޒަފުންނަށް މެނޭޖްމަންޓް ޓްރޭނިންގއާއި ދިވެހިބަހުގެ ޓްރޭނިންގ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި ޓްރޭނިންގ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00 އަށް މި އޮފީހަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނުގައިވާ ދެ ޓްރޭނިންގއަށް ވަކިން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި 15:00 ގެ ފަހުން މިކަމާގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކަށާއި ޕްރޮޕޯޒަލް ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވަދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

30 ސެޕްޓެންބަރު 2014