މުބާރާތް
ނަންބަރު: (IUL)101-AF/1/2014/134
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:29
ސުންގަޑި: 02 ނޮވެންބަރު 2014 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ލޯގޯ ޑިޒައިން ކުރުމުގެ މުބާރާތް

އިޢުލާން

"ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ލޯގޯ" ޑިޒައިން ކުރުމުގެ މުބާރާތް

ދިވެހި ރާއްޖޭގެ އުފެއްދުންތައް ކުރިއަރުވާ، ޕްރޮމޯޓްކޮށް އަދި ރާއްޖޭގެ އުފެއްދުންތަކަށް ހަމަ އަގު ލިބޭނެގޮތް ފަހިކުރުމުގެ ބޭނުމުގައި، ރާއްޖޭގެ އުފެއްދުމެއްކަން އަންގައިދޭ ނިޝާން، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ލޯގޯ" ރާއްޖޭގެ އުފެއްދުންތަކުގައި ޖަހައިދެވޭނެ އުސޫލެއް ނުވަތަ ސެޓިފިކޭޝަން ސްކީމެއް ތަޢާރަފުކުރުމަށް މި މިނިސްޓްރީން މިދަނީ ތައްޔާރުވަމުންނެވެ.

މިގޮތުން، މި ސްކީމްގައި ބޭނުންކުރެވޭނެ ލޯގޯ، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ލޯގޯ" ފަރުމާކުރުމުގެ މުބާރާތެއް ބޭއްވުމަށް މިނިސްޓްރީން މިވަނީ ނިންމާފައެވެ.

މި މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް -/25,000 (ފަންސަވީސް ހާސް) ދިވެހި ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްވަނައަށް ދާފަރަތެއްގެ ލޯގޯ، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް" ސެޓިފިކޭޝަން ސްކީމްގެ ލޯގޯގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.

މި މުބާރާތުގެ ސުންގަޑި އަކީ 2 ނޮވެމްބަރ 2014 އެވެ.

ވީމާ، މި ސްކީމްގެ ލޯގޯ ފަރުމާކުރުމަށް އާންމުކޮށް ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މުބާރާތުގެ ރޫލްސް އަދި ގައިޑްލައިންސް، އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިނިސްޓްރީގެ ނަންބަރު 3333199 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

30 ސެޕްޓެންބަރު 2014