މަސައްކަތް
ނަންބަރު: (IUL)306/306/2014/1021
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 0834
ސުންގަޑި: 02 އޮކްޓޫބަރު 2014 1000
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް

ބީލަން ހުށަހެޅުމުގެ ދައުވަތު

1. މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ސްކޫލުގެ އައު އިމާރާތުގެ ހުޅަނގުން އޮތް ސަރަޙައްދާއި، ހުކުރު މިސްކިތުގެ ދެކުނުން އޮތް ސަރަޙައްދާއި އަދި ޕްރީސްކޫލް އައު އިމާރާތުގެ ދެކުނުން އޮތް ހުސް ސަރަޙައްދުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

2. ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

3. މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 02 އޮކްޓޫބަރު 2014 ވާ (ބުރާސްފަތި) ދުވަހުގެ 10:00 ގައި ރަސްމާދޫ ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

4. ބިޑް ހުޅުވުން އޮންނާނީ 12 އޮކްޓޫބަރު 2014 ވާ (އާދީއްތަ) ދުވަހުގެ 10:00 ގައި ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

   ހ. މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ސްކޫލުގެ އައު އިމާރާތުގެ ހުޅަނގުން އޮތް ސަރަޙައްދާއި، ހުކުރު މިސްކިތުގެ ދެކުނުން އޮތް ސަރަޙައްދާއި އަދި ޕްރީސްކޫލް އައު އިމާރާތުގެ ދެކުނުން އޮތް ހުސް ސަރަޙައްދުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް

   ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

   ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

5. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ބީލަން ޤަބޫލު ނުކުރެވޭނެއެވެ.

22 ޛުލްޤަޢިދާ 1435

2014-09-17