ދިވެހިރާއްޖެ
`
ޢިއްޒުއްދީން ސްކޫލް |
|
މާލެ، |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ: IZS/IUL/2022/23
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށް ވިއްކުން
1 ޢިއްޒުއްދީން ސްކޫލްގެ އެކްޓީވިޓީ ޔުނިފޯމް ތައްޔާރުކޮށް ވިއްކުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 އޭޕްރީލް 13 އިން 2022 އޭޕްރީލް 19 ވަނަދުވަހުގެ 13:00 ގެ ނިޔަލަށް އީމެއިލް ([email protected]) މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
- ރަޖިސްޓްރީ ނަންބަރު.
- އީމެއިލް އެޑްރެސް.
- ގުޅޭނެ މޯބައިލް ނަންބަރު.
3 މިޕްރޮޖެކްޓާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 އޭޕްރީލް 20 ވާ ބުދަ ދުވަހުގެ 10:30 ގައި މިސްކޫލްގައި އޮންނާނެއެވެ.
4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ24 އޭޕްރީލް 2022 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5. ބިޑް ހުޅުވުން އޮންނާނީ 25 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މިސްކޫލްގައެވެ.
6. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ނުކުރާފަރާތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި އަދި ބިޑްހުޅުވުމުގެ ބައްދަލުމުވުމަގައި ބައިވެރިވެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢިއްޒުއްދީން ސްކޫލް
ފޯން ނަންބަރ 3341700
މެއިލް: [email protected]
13 އޭޕްރީލް 2022