މަސައްކަތް
ނަންބަރު: (IUL)23-AP/1/2014/172
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި: 04 ސެޕްޓެންބަރު 2014 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބ. ދަރަވަންދޫ ހެލްތު ސެންޓަރ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބ. ދަރަވަންދޫ ހެލްތު ސެންޓަރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)23-AP/1/2014/134) އާ ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތަކުގައި ބޮޑު ތަފާތުތަކެއް ހުރުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 04 ސެޕްޓެންބަރު 2014 ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ސެޕްޓެންބަރު 2014 ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 ޝައްވާލު 1435

28 އޮގަސްޓް 2014