ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)363-PRJ/363/2022/07
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 28 ފެބުރުވަރީ 2022 20:45
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

އިޢުލާން

ރައްޔިތުންނާއި ބައްދަލުކުރުން

މިއިދާރާގެ ނަމްބަރ: (IUL)363-PRJ/363/2022/6 (17 ފެބުރުއަރީ 2022) އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު 2010/7 ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކޮންމެ އަހަރަކު ފެބުރުއަރީ މަހުގައި ބާއްވަން ކައުންސިލަށް މަތިކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުން މިހިނގާ ފެބުރުއަރީ މަހުގެ 28 ވާ ހޯމް ދުވަހުގެރޭ 8:45 ގައި ވޭވަށު ސްކޫލުގެ ހޯލްތެރޭގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. އެހެންކަމުން މި ބައްދަލުވުމުގައި 18 އަހަރުން މަތީގެ، ރަށުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރި ވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ.

 

  1. އަހަރީ ރިޕޯޓް ހިއްސާކުރުން
  2. ތަރައްގީގެ ޕްލޭނަށް އަމަލީސިފަ އަންނަމުންދާ ގޮތާއި ގުޅޭގޮތުން

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

21 ފެބުރުވަރީ 2022