ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2021/305
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 04 ޖަނަވަރީ 2022 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު ފުނާޑު ފުޓްސަލް ދަނޑުގެ އިރު އުތުރުން އިންވެގެން އޮތް ހުސްބިމުގައި ނަންބަރު 01 އިން ފެށިގެން 121 އަށް ނަންބަރު ޖަހާފައިވާ ރުއްގަސްތަކުގެ މިލްކުވެރި ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

     ވީމާ، މިރުއްގަސްތަކުގެ މިލްކުވެރި ފަރާތެއް ވާނަމަ 2022 ޖަނަވަރީ 04 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން އެރުއްގަސްތަކަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުއްތަކެއްކަން އެނގޭނެ ލިއުމަކާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.    

27 ޑިސެންބަރު 2021