ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E3/30/2021/271
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:37
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިޢުލާން

ޕެޓްގެ ގޮތުގައި ބޭނުންކުރާ ދޫނި، ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދިނުމުގައި މިމިނިސްޓްރީން ޢަމަލުކުރަމުންދާ ގަވާއިދު ނަންބަރު 2012/R-4 (ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު) ގެ 7 ވަނަ މާއްދާ (ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ ދޫނީގެ ވައްތަރުތައް ރިވައިސްކުރުން) އިން ބާރުލިބިގެން އިސްވެދެންނެވުނު ގަވާއިދުގެ ޖަދުވަލު 2 (ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްދަކުރާ ދޫނީގެ ބާވަތްތައް) ރިވައިސްކޮށް، މިއިޢުލާނުގެ ތާރީޚުން ފެށިގެން ޖަދުވަލު 2 ގައިވާ ދޫނީގެ ލިސްޓަށް ބަދަލު ގެނެސްފައިވާކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

މިއިޢުލާނާއެކު އިސްވެދެންނެވުނު ލިސްޓު، ދިވެހިސަރުކާރުގެ ގެޒެޓުގައި ޢާއްމުކުރެވިފައިވާނެއެވެ.

13 ޑިސެންބަރު 2021