ދިވެހިރާއްޖެ
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު 2014 /1 ގެ 36 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކޮމިޝަނުން ހަމަޖައްސާފައިވަނީ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އީމާން އަންވަރު ކަމުގައި ދެންނެވީމެވެ. އަދި އެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ތިރީގައި މިވަނީ މިކޮމިޝަނުގެ މުރާޖަޢާ ކޮމިޓީއަށް ކޮމިޝަނުން ކަނޑައަޅާފައިވާ މެންބަރުންގެ ނަންތަކެވެ.
- ސެކްރެޓަރީ ޖެނެރަލް ނޫރާ ޢަލީ
- ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ނާސިޙް
- ޑިރެކްޓަރ، އެޗްއާރު އެންޑް އެޑްމިނިސްޓރޭޝަން އަޙްމަދު ރާޝިދު
ވީމާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ކޮމިޝަނަށް މައުލޫމާތު ހޯދަން ހުށަހަޅާ ހުށަހެޅުންތަކާބެހޭގޮތުން ފޯރުކޮށްދޭންޖެހޭ އެންމެހައި މަޢުލޫމާތު ފޯރުކޮށްދެމުން ގެންދާނީ ކޮމިޝަނުގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އީމާން އަންވަރު އެވެ. މިފަރާތާ ގުޅޭނެ ޢާންމު ނަންބަރަކީ 7983353 އަދި 3334333 ކަމުގައިވެސް ދެންނެވީމެވެ.
މިހެން ހަމަޖެހުނު ކަމުގައިވިއަސް މިކޮމިޝަނުން ރައްޔިތުންނަށް ފޯރުކޮށްދެމުންގެންދާ ޚިދުމަތްތަކާބެހޭގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ މުޢާމަލާތްތައް މިހާރެކޭވެސް އެއްގޮތަށް ކުރަމުންގެންދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
8 ރަމަޟާން 1435