ދިވެހިރާއްޖެ
ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިޔުރިޓީ ބެލެހެއްޓުން 2021
މިމަރުކަޒުގެ ސެކިއުރިޓީ ވޭޖް އުޞޫލުން 01އަހަރު ދުވަހަށް ބަލަހައްޓާނެ 03 ބޭފުޅުން ބޭނުންވެއްޖެއެވެ. ކޮންމެ ބޭފުޅަކުވެސް މަސައްކަތް ކުރަންޖެހޭނީ 08ގަޑިއިރުއެވެ. މުސާރައަކީ މަހަކު 6000(ހަހާސް ރުފިޔާ)އެވެ. ހާޟިރުނުވާ ދުވަސްތަކަށް މަހު މުސާރައިން އެދުވަހަކަށް ޖެހޭ އަދަދު މުސާރައިން ކެނޑޭނެއެވެ. ޑިއުޓީ އަދާ ކުރައްވާ ބޭފުޅުންނަށް ސަލާމް ޗުއްޓީ އަދި އާއިލީ ޒިންމާ ފަދަ އެއްވެސް ޗުއްޓީއެއް ހަމަޖެހިފައެއްނުވެއެވެ. މިކަމަށް ކުރިމަތިލައްވާ ފަރާތްތަކަށް އިންޓަވިއު ކުރުމަށްފަހު ކަމަށް ޝައުޤުވެރިކަންހުރި، ކަމަށް ޤާބިލު އަދި ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ސިއްޙަތު ރަނގަޅު ބޭފުޅުންނަށް އިސްކަންދެވޭނެއެވެ. ޑިއުޓީ އަދާ ކުރަން ހަމަޖެހިފައިވަނީ އެބޭފުޅަކާ ސްކޫލާއި ދެމެދު ކުރެވޭ އެއްބަސްވުމުގެ ދަށުންނެވެ.
ވީމާ، ވޭޖް އުޞޫލުން ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 ޑިސެމްބަރ 2020ވާ ބުރާސްފަތިދުވަހުގެ 12:00ގެ ކުރިން މިމަރުކަޒަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ. އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ މިމަރުކަޒުގެ ނަމްބަރު 6620010ށް ގުޅުއްވުން ނުވަތަ މިމަރުކަޒަށް ރަސްމީ ގަޑީގައި ދުރުވެ މަޢުލޫމާތު ސާފުކުރުމަށް ދަންނަވަމެވެ.