ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD-IU-2020-321
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 23:57
ސުންގަޑި:
12 ޑިސެންބަރު 2020 23:59
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
އިންވެސްޓަރ ރިލޭޝަންސް ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:
|
މަޤާމް:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
|
ވަޒީފާގެ ބާވަތް:
|
- ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.(
|
މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).
|
- 12,900/-
- އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
- ސްޓާފް މެޑިކަލް އިންޝުއަރެންސް.
- ޕެންޝަން ސްކީމް.
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
|
ޝަރުޠު
|
- ބިޒްނަސް ލޯ، އެޑްމިނިސްޓްރޭޓްރޭޝަން ނުވަތަ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 03 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
ވަޒީފާގެ މަސްޢޫލިއްޔަތުތައް:
|
- ކުންފުނީގެ މައްޗަށް ހިނގާ އެންމެހާ ޤާނޫނަތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުންފުނީގެ އެންމެހާ ޕޮލިސީތަކާއި ޕްރޮސީޖަރތައް ތަންފީޒުކުރުމުގައި އެހީތެރިވެދިނުން.
- ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ޑިރެކްޓަރުންނާބެހޭ މަޢުލޫމާތު ކުންފުންޏާއި/ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ޙިއްޞާކުރުމާބެހޭ އެންމެހާ ކަންކަމެއް ހަމަޖެއްސުން.
- ކުއާރޓަރލީ ރިޕޯޓް ތައްޔާރުކުރުން.
- އަހަރީ ރިޕޯޓަށް މަޢުލޫމާތު އެއްކޮށް އެ ރިޕޯޓް ތައްޔާރުކުރުން.
- ޑިރެކްޓަރުންގެ ބޯޑާއި ބޯޑުގެ ސަބް-ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމުކޮށް ހަމަޖެއްސުން.
- ޑިރެކްޓަރުންގެ ބޯޑާއި ބޯޑުގެ ސަބް-ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ބެލެހެއްޓުން.
- އަހަރީ ޢާއްމު ޖަލްސާއަދި ކުންފުނީގެ ޙިއްޞާދާރުންގެ އެހެނިހެން ޖަލްސާތައް އިންތިޒާމްކޮށް އެޖަލްސާތައް ބޭއްވުމުގައި އެހީތެރިވެދިނުން.
- ކޮމްޕެނީ ސެކްރެޓަރީގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި އެފަރާތަށް އެހީތެރިވެދިނުން.
|
އިންޓަރވިއު:
|
- މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 12 ޑިސެންބަރ 2020 އާ 20 ޑިސެންބަރ 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.
|
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 12 ޑިސެންބަރ 2020 ވަނަ ދުވަހުގެ 00:15 އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.
ވެބްސައިޓް: https://mtcc.mv/careers/
ފޯން: 3001149/ 3001127 / 3001120
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
- އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
07 ޑިސެންބަރ 2020