ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)14-PR/1/2020/19
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 15:32
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ނެޓްވޯކް އިކުއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން

 

އިޢުލާން

 

މިއޮފީހަށް ބޭނުންވާ ނެޓްވޯކް އިކުއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ތިންވަނަ ފަހަރަށް ކުރި ނަންބަރު (IUL)14-PR/1/2020/15 (18 މާރިޗު 2020) އިޢުލާންގައި އަންދާސީހިސާބު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ދުވަސް (30 މާރިޗު 2020 ވަނަ ދުވަހުގެ 13:00) ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އަންދާސީހިސާބު ހުށަހަޅާ ދުވަސް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 ވީމާ، ޙަވާލާދެވުނު އިޢުލާނަށް އަންދާސީހިސާބު ހުށަހަޅާނެ ތާރީޚް މިއޮފީހުން އަލުން އިޢުލާންކުރާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113  ނުވަތަ 7946663 ފޯނަށް ގުޅުއްވުން އެދެމެވެ.

 

02 ޝަޢުބާން 1441

26 މާރިޗު   2020  

 

26 މާރިޗު 2020