ޢާންމު މަޢުލޫމާތު
ނަންބަރު: WAMCO-BDM/PR/2020/002
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 09 އޭޕްރިލް 2020 00:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކަސްޓަމަރުންގެ ސަމާލުކަމަށް

ނަންބަރ: WAMCO-BDM/PR/2020/002

ކަސްޓަމަރުންގެ ސަމާލުކަމަށް

ދިވެހިރާއްޖެ އާއި، ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް- 19) އިން ރައްކާތެރިވުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން މިވަގުތު އަޅަމުންދާ މުހިއްމު ފިޔަވަޅުތަކުގެ ތެރެއިން، ކުނި ނެގުމާއި އުކުމަށް ޙާއްސަ ކޮށްގެން ޝާއިއު ކޮށްފައިވާ "މުނިސިޕަލް ވޭސްޓް މެނޭޖްމަންޓް ޕްލޭން" އާއި ހަވާލާދީ ދަންނަވަމެވެ.

ކޮވިޑް- 19 އިން ރައްކާތެރިވުމަށްޓަކައި މިވަގުތު އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ އިޖްތިމާއީ ގައިދުރުކުރުން ދެމެހެއްޓުމެވެ. ނަމަވެސް، ކުނި ނެގުމަކީ ޒަރޫރީ އާންމު ހިދުމަތަކަށް ވުމުން، ގައުމަށް ދިމާވެފައިވާ މިފަދަ ޙައްސާސް ދަނޑިވަޅެއްގައި  މި ކޯޕަރޭޝަންއިން ފޯރުކޮށްދޭ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ގަސްތުނުކުރާ ވާހަކަ ދަންނަވަމެވެ. ނަމަވެސް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން އާންމު ކޮއްފައިވާ "މުނިސިޕަލް ވޭސްޓް މެނޭޖްމަންޓް ޕްލޭން" ގައިވާ އަންނަނިވި ކަންކަމަށް ޙިދުމަތް ހޯއްދަވާ ކަސްޓަމަރުން މިއަދުން ފެށިގެން އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.

މިގޮތުން؛

  • ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުނި ބަންދުކުރާއިރު ކުނިއަޅާފައިވާ ކޮތަޅު އިތުރުކޮތަޅަކަށްލާ، ބަންދުކުރުމަށް ސަމާލުކަންދިނުން
  • ކުނި ބަންދުކުރުމުގައި ލީކުވާނެ ފަދަ އެއްޗެއްވާނަމަ، އެފަދަ އެއްޗެއް ލީކް ނުވާނެފަދަ ގޮތަކަށް ކޮތަޅު ބަންދުކުރުމަށް ސަމާލުކަންދިނުން (މިގޮތުން އިތުރު ކޮތަޅަކަށްލުން އަދި ރިހަފަދަ ތަކެތި ކުނި ކޮތަޅަށް ނޭޅުން)
  • ކުނި ކޮތަޅަށް އެކަށީގެންވާ މިންވަރަށް ކުނިއެޅުމަށް ސަމާލުކަންދިނުން (އަދި ކޮތަޅުގައި ކުނި ބަންދުކުރާއިރު، އެދެވިގެންވާ މިންވަރުކަމަށްވާ ކޮތަޅުގެ 3/2 އަށް ކުނިއެޅުން)
  • ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ދިރިއުޅޭ ގޭބިސީ އެއްނަމަ މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ކުނި ކޮތަޅު ގޭބިސީގެ ބޭރުން ނެގޭނެ އިންތިޒާމް ހަމަޖެއްސުން

ވެމްކޯގެ އެންމެ އަގުބޮޑު ރައުސްމާލަކީ މިކޯޕަރޭޝަންގެ އިންސާނީ ވަސީލަތެވެ. އަދި ކުނިނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ވެމްކޯގެ ހީވާގި ވެށިފާރަވެރިންނަކީ ދުވާލެއްގެ މައްޗަށް 27،000 އަށްވުރެ ގިނަ ގޭބިސީތަކަށް ޙިދުމަތް ދެމުންގެންދާ މުވައްޒަފުންތަކެކެވެ. ނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅުތަކުގެ ގޮތުގައި ސިއްޙީ މާހިރުން ލަފާދެއްވާފައިވަނީ އިޖްތިމާއީ ގައިދުރުކުރުން ދެމެހެއްޓުމަށާއި އާންމު ސާފުތާހިރުކަން އިތުރުކުރުމެވެ. ވީމާ މިކޯޕަރޭޝަންގެ މުވައްޒަފުން ވެސް ސިއްހީ މާހިރުންދެއްވާ މިފަދަ އިރުޝާދަށް އަމަލުކުރުމުގެ ގޮތުންނާއި އަދި އާންމު ފަރުދުންގެ ރައްކާތެރިކަމަށްޓަކައި އެޅިގެންދާ މިފިޔަވަޅުތަކަށް އެންމެހާ ކަސްޓަމަރުން އަމަލުކުރުމަށް އިލްތިމާސްކުރަމެވެ. އަދި މަތީގައި ބަޔާން ކުރެވިފައިވާގޮތަށް އަމަލު ނުކުރާ ކަސްޓަމަރުންގެ ކުނި ބަލައިނުގަތުމުގެ އިހްތިޔާރު އޮންނާނެ ވާހަކަ މިދަނޑިވަޅުގައި ފާހަގަކުރަމެވެ.

މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

26 މާރިޗް 2020

26 މާރިޗު 2020