ޢާންމު މަޢުލޫމާތު
ނަންބަރު: IL-ADM/2020/17
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 02 އޭޕްރިލް 2020 00:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

ކޮވިޑް-19 އާއި ގުޅިގެން، 29 މާރިޗު 2020 އިން 02 އޭޕްރިލް 2020 އަށް ސަރުކާރު ބަންދު ވުމާއި ގުޅިގެން، މި ދުވަސްތަކުގައި މިއޮތޯރިޓީއާއި ބޭންކުތައް ހުޅުވާފައި ހުންނާނެ ދުވަސްތަކަކީ، 30 މާރިޗް 2020 އަދި 02 އޭޕްރިލް 2020 ގައި ކަމުގައި ދަންނަވަމެވެ. އެ ދުވަސްތަކުގައި މި އޮތޯރިޓީން ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވަނީއެވެ. 

  • ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 09:30 އިން 11:30 އަށް.
  • (ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 09:30 އިން 11:00 އަށް.
  • ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި ޢާންމު ފަރާތްތަކުން މި އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ [email protected] މެއިލް މެދުވެރިކޮށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 މާރިޗު 2020