ދެންނެވުން
ނަންބަރު: SAM/2020/IULAANU/007
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 0056
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގައި ވޯޓުލާ ތާރީޚު ފަސްކުރުން

2020 ވަނަ އަހަރުގެ މާރިޗް މަހުގެ 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ މިއެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން 11 އެޕްރީލް 2020 ވާ ހޮނިހިރު ދުވަހަށް ފަސްކުރެވިފައިވާ ވާހަކަ މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނާއި، އިންތިޚާބީ ކެންޑިޓޭޓުނަށް އަންގައި އިޢުލާނު ކުރަމެވެ.

މިގޮތަށް, އިންތިޚާބުގައި ވޯޓުލުމަށް ހަމަޖައްސާފައިވާ ތާރީޚް ބަދަލުކޮށްފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްޙީ މާހިރުން ދެއްވާ ލަފަޔާއި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

އަދި ދަންނަވަމެވެ. އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ތާރީޚް ފަސްކުރި ނަމަވެސް، އިންތިޚާބާއި ގުޅުންހުރި އިތުރު އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެއެވެ.

އިންތިޚާބީ ޖަލްސާއޮންނާނެ ވަގުތާއި ތަން 4 އެޕްރީލް 2020 ވަނަ ދުވަހު އިޢުލާނު ކުރެވޭނެއެވެ.

2020-03-26