ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2020/49
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 15 މާރިޗު 2020 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ ގެދޮރުވެހި ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި ޢިމާރާތް ކުރެވިފައިވާ ފްލެޓާއިގުޅޭ

ސަރުކާރުގެ ގެދޮރުވެހި ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި ޢިމާރާތް ކުރެވިފައިވާ 200 ފުލެޓްގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރެވުނު ފްލެޓްތަކުގެ ތެރެއިން މިހާރު ހަވާލުނުކޮށް ބާކީހުރި ފުލެޓުތަށް، އޭގެ ޙައްޤުވެރި ފަރާތްތަކަށް ޙަވާލުކޮށް ނިންމުމަށް ވަނީ ބޭނުންވެފައެވެ.

ވުމާއެކު މިހާތަނަށް ފުލެޓު އެގްރީމެންޓްގައި ސޮއިނުކުރެވިވާ ފަރާތްތަކަށް (ފްލެޓް ބޭނުންނުވާކަމަށް ލިޔުމުން ހުށަހަޅާފައި ނުވާ ފަރާތްތައް) ސޮއި ކުރުމަށްޓަކައި ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޙަކީ 15 މާރިޗް 2020 ކަމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އިން ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން މިމުއްދަތުގެ ތެރޭގައި ސޮއި ނުކުރާ ފްލެޓްތަށް ހިމެނިގެންދާނީ ބޭނުންނުވާ ފުލެޓްތަކުގެ ގޮތުގައެވެ. ވީމާ މިވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 މާރިޗު 2020