ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AF/1/2020/70
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 12:50
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮވިޑް19 އާއި ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދެމުންގެންދާ ޚިދުމަތްތަކަށް ބަދަލުގެނައުން

އިޢްލާން

 

ކޮވިޑް19 އާއި ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދެމުންގެންދާ ޚިދުމަތްތަކަށް ބަދަލުގެނައުން

ކޮވިޑް19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ޔެލޯ އެލާރޓް ނެރުއްވާފައިވާތީ، މިނިސްޓްރީން އާންމުންނަށް ފޯރުކޮށްދެމުންގެންދާ ޚިދުމަތްތައް، 17 މާރިޗު 2020 އިން ފެށިގެން ފޯރުކޮށްދޭނީ، މި އިޢްލާންއާއެކު ޝާއިޢުކޮށްފައިވާ ތާވަލް އާ އެއްގޮތަށްކަމުގައި އާންމުކޮށް އަންގާ އިޢްލާން ކުރަމެވެ. އަދި މި ތާވަލް، މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި އިޢްލާނާ ގުޅިގެން، މި މިނިސްޓްރީއިން ދެމުންގެންދާ ޚިދުމަތްތަކާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައި މި ދަންނަވާ އީ މެއިލް އެޑްރެސްތަކަށް އީ މެއިލް ކުރެއްވުން އެދެމެވެ.

 ޚިދުމަތް

އީ މެއިލް އެޑްރެސް

ވިޔަފާރިއާއި ގުޅުންހުރި ޚިދުމަތްތައް

[email protected]

އެކްސްޕެޓް އޮންލައިން ރެޖިސްޓްރޭޝަން

[email protected]

ކޯޓާ

[email protected]

އެމްޕްލޯއިމަންޓް އެޕްރޫވަލް

[email protected]

ކެންސަލޭޝަން (ކޯޓާއާ ބެހޭ)

[email protected]

ޑިޕޮސިޓް (އެމްޕްލޮއިމަންޓް އާގުޅޭ)

[email protected]

އެހެނިހެން

[email protected]

 

                                 ‏22‏ ރަޖަބް‏ 1441

16 މާރިޗު 2020