ދިވެހިރާއްޖެ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ
އިޢުލާން ނަންބަރު: IUL)MMPRC-HR/1/2020/10)
ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: އައި. ޓީ އެޑްމިނިސްޓްރޭޓަރ |
- މުސާރަ (މަހަކު) : -/7,080 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/2,360 ރުފިޔާ މަހަކު - ޑެއިލީ އެލަވަންސް: -/2,360 ރުފިޔާ މަހަކު - އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: އިންފޮމޭޝަން ޓެކްނޮލޮޖީ |
ބޭނުންވާ އަދަދު: 1 |
ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ހާސިލްކޮށްފައިވުން ނުވަތަ، ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 6 ހާސިލްކޮށްފައިވުމާއިއެކު، މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ، ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 5 ހާސިލްކޮށްފައިވުމާއިއެކު، މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: - މިކޯޕަރޭޝަނުގެ އައި.ޓީ ސެކްޝަނުގެ މަސައްކަތްތައް ކުރުން. - ހާޑްވެއާ އަދި ނެޓްވޯކިންގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން. - މިކޯޕަރޭޝަނުގެ ސަރވާ ބެލެހެއްޓުން. - މިކޯޕަރޭޝަނަށް ބޭނުންވާ ސޮފްޓްވެއަރ އަޕްޑޭޓްކޮށް ބެލެހެއްޓުން. - މިކޯޕަރޭޝަންގެ ކޮމްޕިއުޓަރތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް އަޕްޑޭޓް ކޮށް ބެލެހެއްޓުން. - މިކޯޕަރޭޝަނުގެ ތަފާތު އިވެންޓްތަކުގެ ފޮޓޯ އާއި ވީޑިއޯ އަދި މަޢުލޫމާތު ވެބްސައިޓަށް އަޕްލޯޑް ކުރުން. - މިކޯޕަރޭޝަނުގެ އީމެއިލް ޑޭޓާ ބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން. - މި ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކިއެކި އިވެންޓްތަކުގައި ހަރަކާތްތެރިވެ ބައިވެރިވުން. |
|
ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 22 މާރިޗް 2020 ވާ އަންގާރ ދުވަހުގެ 12:00ގެ ކުރިން މި ކޯޕަރޭޝަން (ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު) އަށް |
|
ހުށައަޅަންޖެހޭ ލިޔުންތައް - ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ). |
|
:އިތުރު މަޢްލޫމާތު
އެޑްރެސް ކުރައްވާނީ: ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން. |