ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)266-A/266/2020/22
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 22 މާރިޗު 2020 13:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                       މިއިދާރާއަށް މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓަރ 

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރު)

މަޤާމުގެ ކްލެސިފިކޭޝަން:

އެމް.އެސް. 1

ސެކްޝަން:

އެޑްމިނިސްޓްރޭޝަން/ އަމީރު އަމީން ސުކޫލް  

ވަޒީފާ އަދާކުރަންޖެހޭ ތަން:

އަމީރުއަމީން ސްކޫލް / ހދ. ކުޅުދުއްފުށި

މަޤާމުގެ މުސާރައާއި އިނާޔަތްތައް:

-         މުސާރަ : 5610/- ރުފިޔާ

-         ސާރވިސް އެލަވަންސް:  2000/-ރުފިޔާ

-         ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-         ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެމަތިން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސްތައް.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން) ޕަބްލިކް އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސުކޫލް އެޑްމިނިސްޓްރޭޝަން ނުވަތަ ތަޢުލީމީ ދާއިރާ) ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މައިގަނޑުމަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 

-   ޕްރީސުކޫލް ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2012/1) އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕްރީ ސްކޫލް ހިންގުމުގެ ޤަވާއިދު (ޤަވާއިދު ނަންބަރު: (2013/R-1 އާއި އެއްގޮތަށް އަމީރު އަމީން ސުކޫލްގެ އެންމެހައި ކަންތައް ރާވައި ހިންގުން.

-   ސްކޫލްގެ އިދާރީ މަސައްކަތްތަކާއި ކިޔަވައިދިނުމުގެ އެންމެހައި ކަންތައްތައް ރާވައި ހިންގުން

-   މާލިއްޔާތު ޤަވާއިދާއި އެއްގޮތަށް ސުކޫލްގެ ފައިސާއާއި ބަޖެޓާއިގުޅޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން

-   ސްކޫލަށް ހޯދަންޖެހޭ މުދަލާއި ޚިދުމަތްތައް މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ހޯދުން

-   ސްކޫލްގެ އެންމެ އިސްމުވައްޒަފުގެ ހައިސިއްޔަތުން ސުކޫލްއާއި ގުޅޭ ކަންތައްތަކުގައި އެކިފަރާތްތަކަށް ޖަވާބު ދާރީވުން

-   ސުކޫލްގެ މުވައްޒަފުންނާއި ގުޅޭ އެންމެހައި ކަންތައް ބެލެހެއްޓުން

-   ސުކޫލް ހިންގުމާއި ކިޔަވައިދިނުން ހަރުދަނާކުރުމަށް ކުރެވޭނެ ކަންތައް ދިރާސާކޮށް ކައުންސިލްގެ ލަފަޔާއެކު ތަންފީޒު ކުރުން

-   ސްކޫލް ބޯޑާއި ޕީ.ޓީ.އޭގެ އެންމެހައި ކަންތައް ރާވައި ބެލެހެއްޓުން  

-   ޓިޗަރުންގެ މަސައްކަތް ގަވައިދުން މޮނިޓަރކޮށް ފީޑްބެކް ދިނުން

-   ޓީޗަރުންނާއި ބެލެނިވެރިންގެ ގުޅުން ހަރުދަނާ ކުރުމަށް އެކަށޭނަ ޕްރޮގްރާމްތައް ރާވާ ހިންގުން

-   ދަރިވަރުންގެ ކުރިއެރުމަށް ތަފާތު ޚަރަކާތްތައް ރާވައި ހިންގުން

-   ސުކޫލްގެ ދުވަހު ޔަޢުމިއްޔާ، ފައިސާ އަދި އިދާރީ ހިންގުމާގުޅޭ އެންމެހައި ރިޕޯޓްތައް ނިންމައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

-    ކައުންސިލްއިން އަންގާ އެންގުންތައް ތަންފީޒު ކުރުން

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް ކުރިމަތި ލައްވާ، މަޤާމު ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ކުރުން އޮންނާނީ އިޢުލާނަން މުއްދަތު ހަމަވާތާ 7 ދުވަހާއި 15 ދުވަހުގެ ދެމެދު ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (A2ފޯމު) ޢާންމު ކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި ޢާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑުގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

22 މާރޗް 2020ވާ އާދިއްތަ ދުވަހު 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމުން، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  އަދި ފެކްސް  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ.

އިތުރު މަޢުލޫމާތު:

 

އިތުރު މަޢުލޫމާތު ހޯދުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި 14:00 އާ ދެމެދު 6528831 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓު:  https://kulhudhuffushicity.gov.mv އިންނާއި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. އެހެން މުއައްސަސާއެއްގައި ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކުނަމަ ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) ޤައުމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް ތަނެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

(ރ) އަމިއްލަ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް ތަނެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ / ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ / ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

(ބ) ވަގުތީ ގޮތުން މަޤާމެއްގެ މަސްއޫލިއްޔަތު އަދާކޮށްފައިވާނަމަ، އަދާކުރި މަސްއޫލިއްޔަތުގެ ނަން ނުވަތަ އެ މަސްއޫލިއްޔަތެއް އަދާކުރި މަޤާމުގެ ނަމާއި، އަދާކުރި މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި މަސްއޫލިއްޔަތު އަދާކުރި މުއްދަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

 

 

11 މާރިޗު 2020