މަސައްކަތް
ނަންބަރު: 198-F/2020/64
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 18 މާރިޗު 2020 11:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އައްޑޫ ސިޓީގައި ބިނާކުރާ އައްޑޫ ކޯޓު ކޮމްޕްލެކްސް ޢިމާރާތް ޑިޒައިންކޮށް، ކުރެހުންތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ބީ.އޯ.ކިއު ތައްޔާރުކުރުމާއި، ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އައްޑޫ ސިޓީގައި ބިނާކުރާ އައްޑޫ ކޯޓު ކޮމްޕްލެކްސް ޢިމާރާތް ޑިޒައިންކޮށް، ކުރެހުންތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަން  އަދި ބީ.އޯ.ކިއު ތައްޔާރުކުރުމާއި، ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބެނުންވެއެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިއުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 2020 މާރިޗް 16 ވާ ހޯމަ ދުވަހުގެ 11:00 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އޮންނާނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 މާރިޗް 18 ވަނަ ދުވަހުގެ  11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ރަޖަބް   1441

10 މާރިޗު 2020