މުބާރާތް
ނަންބަރު: (IUL)306/306/2020/11
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 18 މާރިޗު 2020 13:30
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުފެންވަރުގައި ބާއްވާ ކައުންސިލް 09 ވަނަ ޤުރްއާން މުބާރާތާއި ބެހޭ

                                                         ނަމްބަރ : (IUL)306/306/2020/11

 

                            އިޢުލާން

ރަށުފެންވަރުގައި ބާއްވާ ކައުންސިލް 09 ވަނަ ޤުރުއާން މުބާރާތާއި ބެހޭ

   ދަރިވަރުންގެ ހިތުގައި ކީރިތި ޤުރުއާން ކިޔެވުމާމެދު ލޯބިޖެއްސުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކުވެސް ކައުންސިލުން ކުރިއަށް ގެންދާ "ކައުންސިލް

ޤުރުއާން މުބާރާތް" މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރު މާރޗް މަހުގެ 26، 27 ވާ ބުރާސްފަތި ، ހުކުރު މި ދެދުވަހުއެވެ.

އެގޮތުން މި އަހަރުގެ މުބާރާތުގައި ކުރިއަށް ގެންދެވޭނެ ބައިތައް ތިރީގައި ބަޔާންކުރަމެވެ.

1. މުބާރާތުގެ ބައިތައް

މުބާރާތުގައި ހިމެނެނީ ދެ ގޮއެއްޕެވެ. އެއީ ބަލައިގެން ކިޔުމުގެ ގޮއެއްޕާއި ހިތުން ކިޔެވުމުގެ ގޮއެއްޕެވެ. 

# އުމުރު ފުރާ ބަލައިގެން ކިޔެވުމުގެ ގޮފި ނުބަލާ ކިޔެވުމުނުބަލާ ކިޔެވުމުގެ ގޮފި
1  4 އަހަރުން ދަށް   ބޭނުން ސޫރަތެއް
2  06 އަހަރުން ދަށް   ސޫރަތުލް އައުލާ އިން ސޫރަތުލް ޢަސްރި  ސޫރަތުލް ޟުހާއިން ސޫރަތުލް ނާސި
3  07 އަހަރުން ދަށް   ސޫރަތުލް ބުރޫޖް އިން ސޫރަތުލް ތީން  ސޫރަތުލް ބަލަދުއިން ސޫރަތުލް ކައުޘަރު
4  9 އަހަރުން ދަށް   ސޫރަތުލް އިންފިޠާރު އިން ސޫރަތުލް ޟުޙާ  ސޫރަތުލް އިންޝިގާގް އިން ސޫރަތުލް ޢަލަޤު
5  11 އަހަރުން ދަށް   ސޫރަތުލް ނަބާ އިން ސޫރަތުލް ޝަމްސު ސޫރަތުލް ތަކްވީރު  އިން ސޫރަތުލް ލައިލި
6  13 އަހަރުން ދަށް   ސޫރަތުލް މުރުސަލާތުއިން ސޫރަތުލް ޠާރިޤު ސޫރަތުލް ނަބާ  އިން ސޫރަތުލް ބުރޫޖް
7  16 އަހަރުން ދަށް  29 ، 30  ވަނަ ފޮތް ސޫރަތުލް މުއްޒައްމިލް  އިން ސޫރަތުލް ތަކްވީރު
8  19 އަހަރުން ދަށް  28 ، 29 ، 30  ވަނަ ފޮތް ސޫރަތުލް ޤަލަމް އިން ސޫރަތުލް މުރުސަލާތު
9  19 އަހަރުން މަތި  26 ، 27 ، 28 ، 29 ، 30  ވަނަ ފޮތް  28 ، 29 ، 30  ވަނަ ފޮތް


މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް:
ރަސްމާދޫ ރައްޔިތެއް ކަމުގައިވުން ނުވަތަ ރަސްމާދޫ ގައި ދިރިއުޅެމުންދާތާ 01 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިރައްޔިތެއް

ކަމުގައިވުން ނުވަތަ ރަސްމާދޫގައި ހިންގާ ސްކޫލެއްގެ ދަރިވަރެއް ކަމުގައި ވުން

 

މި މުބާރާތުގައި ބައިވެރިވުމަށް އެދިލައްވާފަރާތްތަކުން 18 މާރޗް 2020 ވާ (ބުދަ) ވަނަ ދުވަހުގެ 13:30 ގެ ކުރިން "ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު"

ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް މި އިދާރާއިން ރަސްމީ ގަޑީގައި ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

އަދި މުބާރާތާބެހޭ މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން (ރަސްމީގަޑީގައި) ރަސްމާދޫ ކައުންސިލް އިދާރާގެ 6580049 ، ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

         ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

09 މާރިޗު 2020