ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-2A/426/2020/58
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި:
25 ފެބުރުވަރީ 2020 08:30
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން
އިޢުލާން
އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން:
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން 25 ފެބްރުވަރީ 2020 ވާ ބުދަ ދުވަހުގެރޭ 08:30 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގެ ހޯލުގައި އޮންނާނެއެވެ.
ވީމާ، މިބައްދަލުވުމުގައި ހިތަދޫގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ.
24 ޖުމާދަލްއާޚިރާ 1441
18 ފެބުރުވަރީ 2020