ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީ ހިތަދޫއިން 10 ބިން ކުއްޔަށް ދޫކުރުމާއި ބެހޭގޮތުން މިއިދާރާއިން ކޮށްފައިވާ ނަންބަރު: IUL)426-AB/426/2020/32) އިޢުލާނާއި ގުޅޭ
އައްޑޫ ސިޓީން 10 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: IUL)426-AB/426/2020/32) އިޢުލާނާއި ގުޅިގެން ބައެއް ބަދަލުތައް ގެނެސް ގެޒެޓް ކުރުމަށް ހަމަޖެހުނު ނަންބަރު:(IUL)426-AB/426/2020/44 އިޢުލާން ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ގެޒެޓް ކުރެވިފައިނުވެއެވެ.
ނަންބަރު: IUL)426-AB/426/2020/44) އިޢުލާން މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިވީ ނަމަވެސް، ދެންނެވުނު ފަދައިން މި އިޢްލާން ގެޒެޓް ކުރެވިފައިނުވާތީ، ނަންބަރު:(IUL)426-AB/426/2020/32 އިޢުލާނުގައިވާ 10 ބިމަށް ބިޑު ވިއްކުމުގެ މުއްދަތާއި، ބިޑު ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚާއި އަދި ހުށަހަޅުއްވާ ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ އަންނަނިވި ގޮތުގެމަތީން ކަމުގައި ދަންނަވަމެވެ.
- ނަންބަރު: IUL)426-AB/426/2020/32) އިޢުލާނުގައިވާ 10 ބިމަށް ބިޑު ވިއްކުން 23 ފެބުރުވަރީ 2020ގެ ނިޔަލަށްވަނީ އިތުރުކުރެވިފައެވެ. މިހާރު ބިޑު ގަނެފައިވާ ފަރާތްތަކުން އަލުން ބިޑު ގަންނާކަށް ނުޖެހޭނެ އެވެ.
- ބިޑު ގަންނަ ފަރާތްތަކުން ހުށަހަޅުއްވާ ބިޑުތައް ބަލައިގަތުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި 27 ފެބުރުވަރީ 2020ގެ 10:00 ގައެވެ.
- ބިޑު ގަންނަ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.
# |
ބީލަން ކާމިޔާބު ކުރާފަރާތެއް ކަނޑައެޅުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި އިސްކަންދޭނެ ތަރުތީބު |
|
މާކްސް ދިނުމުގައި ބަލާނެ ދާއިރާތައް |
މާރކްސް (%) |
|
ކުލި (ކުލީގެ ގޮތުގައި ހުށަހަޅަންވާނީ އަކަފޫޓަކަށް 30/00 ލާރި (ތިރީސް ލާރި ) އަށްވުރެ ކުޑަނޫން އަގެކެވެ. އަދި ކުލި ހުށަހަޅަނީ އަހަރުން އަހަރަށް ކުލީގެ ޢަދަދަށް ބަދަލު އަންނަގޮތަށް ކަމަށްވާނަމަ އެ ތަފްޞީލު އެނގޭ ގޮތަށް އަދި ކުލީގެ ޖުމްލަ އާއި މަހަކަށްޖެހޭ އެވްރެޖް އެނގޭ ގޮތަށް ވަކި ޝީޓެއްގައި ތައްޔާރުކޮށް ޕްރޮޕޯޒަލްގައި ހިމެނުމަށްފަހުގައެވެ.) |
35 |
|
ވިޔަފާރިކުރަމުން އަންނަ އެހެންނަމަވެސް އައްޑޫގެ އެހެންތަނަކުން ކުލީ ބިމެއް ލިބިފައިނުވާ ފަރާތެއްނަމަ (ޕްރޮޕޯޒަލްގައި ކުލީ ބިމެއް ލިބިފައިނުވާ ނަމަ އެކަން ބަޔާންކުރަންވާނެއެވެ.) |
15 |
|
ފޯމާއެކު ހުށަހަޅާ ޕްރޮޕޯސަލް (ޕްރޮޕޯޒަލްގައި 5 ވަނަ ނަންބަރުގައިއެވާ މަޢުލޫމާތާއި ލިޔުންތައް ހިމަނަންވާނެއެވެ) |
50 |
|
ޖުމްލަ |
100% |
|
|
||
# |
ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންކަމާއި ޕޮއިންޓް ދެވޭނެގޮތް |
|
އިންވެންސްޓްކުރާނެ މިންވަރު (ކުރާނެ ކަންކަމާއި ކޮންމެ ކަމަކަށް ޚަރަދުކުރާނެ މިންވަރު އެނގޭގޮތަށް) |
15 |
|
މަސައްކަތުގެ ޓައިމްލައިން (ޚިދުމަތް ދިނުމަށް ތަން ތައްޔާރު ކުރުމުގެ މަސައްކަތުގެ ޓައިމްލައިން) |
5 |
|
ދާއިރާއިން ލިބިފައިވާ ތަޖުރިބާ (ތަޖުރިބާ ހުރިކަން ސާބިތުކޮށްދިނުމަށްޓަކައި ޕްރޮޕޯސަލްއާއެކު ވިޔަފާރީގެ މަސައްކަތްތައް ކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. (ހުށަހަޅާ ކޮންމެ ލިޔުމަކަށް ދެވޭނީ 5 މާރކްސް އެވެ. އަދި އެންމެ ގިނަވެގެން ދެވޭނީ 15 މާކްސް) |
15 |
|
ދިވެހިންނަށް ވަޒީފާ ދިނުމަށް ހުށަހަޅާ މިންވަރު |
5 |
|
އަލަށް ވިޔަފާރި ކުރަން ފަށާ ފަރާތަކަށްވުން (ޕްރޮޕޯސަލްގައި އަލަށް ވިޔަފާރިކުރަން ފަށާ ފަރާތެއްކަން ބަޔާންކުރަންވާނެ) |
5 |
|
މާލީ ޤާބިލުކަން (ފާއިތުވި 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމެންޓް ނުވަތަ ބޭންކް ރެފަރެންސް ލެޓަރ ނުވަތަ މިނިވަން އޮޑިޓް ފާމަކުން ހަދާފައިވާ އޯޑިޓް ރިޕޯރޓް ) |
5
|
|
ޖުމްލަ: |
50 |
- އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު IUL)426-AB/426/2020/32) އިޢުލާނުގެ 4 ވަނަ ނަންބަރާއި 5 ވަނަ ނަންބަރުގައިވާ "މަޢުލޫމާތު ސާފުކުރުން" އުނިކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޖުމާދަލްއާޚިރާ 1441