ޢާންމު މަޢުލޫމާތު
ނަންބަރު: މިއިދާރާގެ ޢިމާރާތުގެ ހުޅަނގު ކޮޅު މަރާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 23 ފެބުރުވަރީ 2020 13:30
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ޢިމާރާތުގެ ހުޅަނގު ކޮޅު މަރާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިއިދާރާއިން ދޭ ކުރެހުމާއި މަޢުލޫމާތާ އެއްގޮތަށް މިއިދާރާގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

23 ފެބުރުއަރީ 2020 / ގަޑި 13:30

04 މާރޗް 2020 / ގަޑި 13:00

 

އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު، ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނޭފަދަ ޞައްޙަ ސިޓީ އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއެކު، ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

13 ފެބުރުވަރީ 2020