ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)251/251/2020/13
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 23 ފެބުރުވަރީ 2020 13:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރާ މަސައްކަތު މީހުން ހޯދުން

އިޢުލާން

މަޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު:

06 (ހައެއް)

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް)

ސެކްޝަން:

މުނިސިޕަލް ސާރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ

ވަޒީފާއަށް ނަގާ މުއްދަތު

01 (އެކެއް) އަހަރު

މުސާރަ:

-/3100ރ (ތިންހާސް އެއްސަތޭކަ)

އެހެނިހެން އެލަވަންސް:

  1. ސަރވިސް އެލަވަންސް: -/1000ރ (އެއްހާސް )
  2. ސަޕޯޓިންގ ކޯ އެލަވަންސް: -/1200ރ (ބާރަސަތޭކަ)
  3. ރަމަޟާން މަހުގެ އިނާޔަތު ފައިސާ
  4. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަސައްކަތު ގަޑި

ދުވާލަކު 8 ގަޑިއިރު (ހުކުރު ދުވަސް ފިޔަވައި)

ސާފުކުރަންޖެހޭ ސަރަހައްދުތައް

  1. ރަށުގެ މަގުތައް
  2. ރަށުގެ ބަނދަރު
  3. ރަށުގެ ހުޅަނގުފަރާތު އަތިރިމަތި
  4. ޕާކުތަކާއި ޕްރީސްކޫލު ސަރަހައްދު
  5. މިސްކިތްތައް ހުންނަ ސަރަޙައްދުތައް
  6. ކައުންސިލުން ކަނޑައަޅާ އެހެނިހެން ސަރަހައްދުތައް

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

1. ރަށުގެ އިޖުތިމާޢީ ސަރަހައްދުތަކުގެ ތެރެއިން ވިނަ ބޯވެފައިވާ ރަހައްދުތަކުގެ ވިނަ ނޮޅާ ކުނި އުކާލުން

2. ރަށުގެ އިޖުތިމާޢީ ސަރަހައްދުގެގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ކުނި އުކާލުން

3. ދައުލަތުގެ ވެރިން ވަޑައިގަންނަވާއިރު ބަނދަރާއި، ބަނދަރާ އިންވެގެންވާ މަގުތައް ކުނިކަހާ ސާފުކުރުން

4. ރަށުގައި ރޯގާ ބަލި މަޑުކަމެއް ހިނގާނަމަ ކައުންސިލުން އަންގާ ގޮތެއްގެމަތިން ރަށުގެ ކަނޑައެޅޭ ސަރަހައްދުތައް ސާފުކުރުން

5. ޤައުމީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް ރަށުތެރެ ސާފުކުރުމަށް ހިންގޭ ޙަރަކާތުގައި ބައިވެރިވުން

6. މަސައްކަތު ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

 

 

  1. މީލާދީ ގޮތުން 18 އަހަރު ފުރިފައިވުން
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފުރިހަމަ ސިއްޙަތެއްގައި ހުރި ފަރާތަކަށްވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ތަޢުލީމީ ސެޓްފިކެޓް ހުރިނަމަ ސެޓްފިކެޓުތަކުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން (ތަޢުލީމީ ފެންވަރަށް %20)
  • ލިބިފައިވާ ހުނަރަށް ބަލައިގެން(އިންޓަވިޢު އަށް %80)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ފެބުރުވަރީ 2020 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ލިބިފައިވާ ހުނަރަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ވަނަ އަހަރުގެ ފެބުރުވަރީ 23 އިން  27 އާއި ދެމެދު،ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500019 ނަންބަރު ފޯނު އަށެވެ. އީ-މެއިލްކުރާނީ [email protected] އަށެވެ.

                                  ވީމާ މިކަން ޢާންމުކޮން އަންގާ އިޢުލާން ކުރީމެވެ.

11 ފެބުރުވަރީ 2020