ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSMS/248/2020/22
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 11 ފެބުރުވަރީ 2020 14:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނަގައި ބިން ސާފުކުރުން:

         މި ރަށުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ލައިސަންސް ކާޑް ހެއްދުމުގެ ޚިދުމަތް ދިނުމަށް، ހެދުމަށް ހަމަޖެހިފައިވާ ޓްރެކް ހެދުމަށް ކަނޑައަޅާފައިވާ މި އިދާރާގެ ނަންބަރު (IUL)248-ED/248/2019/132 (19 ޑިސެމްބަރ 2020) ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން މިއިދާރާގައި ނަން ނޯޓް ކޮށްފައި ނުވާ ރުއްގަސް އެ ބިމުގައި އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން ނަންނޯޓް ކޮށްފައިނުވާ ރުއްގަހުގައި "ވެރިޔަކު ނޭނގޭ" ޖަހާފައިވާ ބޯޑްތަކެއް ހަރުކޮށް މިކައުންސިލް އިދާރާއިން ވާނީ އެ ރުއްގަސްތައް ފާހަގަކޮށްފައެވެ.

         ވީމާ، އެ ބިމުގައި ހުރި ރުއްގަހުގެ ނަން ނޯޓްކޮށްފައި ނުވާ ފަރާތްތަކުން، 11 ފެބުރުވަރީ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭނޭގޮތަށް މި ކައުންސިލް އިދާރާގައި ނަން ނޯޓްކުރެއްވުން އެދެމެވެ. އަދި، މި މުއްދަތުގެ ތެރޭގައި ނަންނޯޓް ނުކުރެވޭ ރުއްގަސް، އެއީ ވެރިޔަކު ނެތް ރުއްގަހުގެ ގޮތުގައި ކަނޑައަޅައި އެ ރުއްގަސްތައް މި ކައުންސިލް އިދާރާގެ ފަރާތުން ނަގައި ބިން ސާފުކުރާނެ ވާހަކަވެސް ދެންނެވީމެވެ.

         މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06 ފެބުރުވަރީ 2020