ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSMS/248/2020/21
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 17 ފެބުރުވަރީ 2020 14:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނަގައި ބިން ސާފުކުރުން

         ފެނަކަ އިހަވަންދޫ ބްރާންޗްގެ އޮފީސް ޢިމާރާތް އެޅުމަށް ކަނޑައެޅިފައިވާ ބިމުގައި ހުރި ރުއްގަސް ނަގައި އެބިން ސާފުކުރުމަށް ވަނީ ބޭނުންވެފައެވެ. މި ބިން އޮންނާނީ އާމިނާދިޔޯ ސިއްޚީ މަރުކަޒުގެ ދެކުނުން, އާމިނާދިޔޯ ސިއްޚީ މަރުކަޒާއި ކާރީގައެވެ. އެ ބިމުގައި ހުރި ރުއްގަހުގައި މިއިދާރާއިން ވާނީ ރީނދޫ ކުލައިން ނަންބަރު ޖަހާ ފާހަގަކޮށްފައެވެ.

         ވީމާ، އެބިމުގައި ހުރި ރުއްގަހުގެ ވެރި ފަރާތްތަކުން، ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭގޮތަށް 17 ފެބުރުވަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގައި ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ.

         މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06 ފެބުރުވަރީ 2020