ވަޒީފާގެ ފުރުޞަތު
ނަންބަރު: AIA-HR/ADM/IL/2020/0005
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:37
ސުންގަޑި: 06 ފެބުރުވަރީ 2020 12:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ރޭމްޕް ހޭންޑްލަރ

އެސިސްޓެންޓް ރޭމްޕް ހޭންޑްލަރ                              

  • ބޭނުންވާ އަދަދު: 03
  • މުސާރަ:.-/4،840 ރުފިޔާ ( އަސާސީ މުސާރައިގެ އިތރުން ދެވޭ އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް ކޮމްޕެނީ ޕޮލިސީގެ ދަށުން ދެވޭނެއެވެ.)

މަޤާމުގެ ޝަރުޠު:

  • ގްރޭޑް 7 ނިންމާފައިވުން
  • އިނގިރޭސި އަދި ދިވެހި ބަހުން ލިޔަން ކިޔަން އެނގުން

މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • 25 އަހަރާއި 40 އަހަރާއި ދެމެދު މީހެއް ކަމުގައިވުން
  • ބަރު އެއްޗެހި އުފުލޭ މީހެއް ކަމުގައިވުން (20-50 ކިލޯގްރާމްގެ ތަކެތި އުފުއްލުމުގެ ބާރުހުރުން).
  • ލޮލުގެ ފެނުމުގެ ބާރު ގަދަވުން.
  • ބުރަކޮށް މަސައްކަތް ކުރެވޭ ހަލުވި މީހެއް ކަމުގައިވުން

އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:

  • ޑިޕާރޗަރ އަދި އެރައިވަލްގެ ކޮންވޭޔަރ ބެލްޓްތައް ފްލައިޓް ގަޑިތަކުގެ ކުރިން މިންގަނޑުތަކަށް ފެތޭތޯ ބެލުން.
  • ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން (ފްލައިޓަށް އަރާ އަދި ފައިބާއިރު ގޮނޑި، ސްޓްރެޗަރ އަދި ވީލް ބެޑްގެ ހިދުމަތް ދިނުން).
  • ޗެކް އިން އޭރިއާތަކުގެ ކޮންވޭޔަރ ބެލްޓްތަކުން ދާގީނާތައް ބާލުވާ އަރުވަން ޖެހޭ އެއްޗެހިތަކަށް (ބެގޭޖް ކަރޓްސް، ކޮންޓެއިނަރ ފަދަ ތަކެތި) އެރުވުމާއި ސަލާމަތްތެރިކަމާއެކު މިކަންކުރުމަށް ފަރުދީގޮތުން އަދި ޓީމެއްގޮތަށް މަސައްކަތްކުރުން.
  • އުޅަނދުފަހަރުތަކުގެ ކެބިންތައް ސާފުކޮށް، ކުނިތައް ނެގުން.
  • ނުރައްކާތެރި ތަކެތި ކަމަށް ފާހަނގަ ކުރެވޭ އެއްޗެއް ފެނިއްޖެނަމަ، ނުވަތަ ދާގީނާތަކަށް ގެއްލުމެއް ވެއްޖެނަމަ އަދި ބެގޭޖް ކަރޓްސް، ކޮނެވޭޔަރ ބެލްޓް، ރޭމްޕް ވެހިކަލަކަށް ގެއްލުމެއް ވެއްޖެނަމަ ރޭމްޕް އޮފިސަރަށް އެންގުން.
  • ރައްކާތެރިކަމާއި ފަރުވާތެރި ކަމާއިއެކު ދާގީނަ ކާރޓްސް، ކޮންޓެއިނަރ އަދި ޕެލޭޓް ޑޮލީސް އިތުރު މީހެއްގެ އެހީތެރިކަމާއިއެކު އުޅަނދުފަހަރުތަކާއި ކައިރި ކުރުން.
  • އަމިއްލަ ސަލާމަތަށް ފަރުވާތެރިވެ ޑިއުޓީ ގަޑީގައި އެޅުމަށް ހާއްސަކުރެވިފައިވާ ސަލާމަތީ ތަކެތި ބޭނުންކުރުމާއި ކުންފުނީގެ މުދަލަށް ފަރުވާތެރިވުން.
  • މެނޭޖްމެންޓްއިން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް އަދާކުރުން.

މަޤާމަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން 06 ފެބްރުއަރީ 2020 ވާ ބްރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް މެއިލް ނުވަތަ ސިޓީ ހަވާލުކޮށްދެއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ލިބެން ހުންނާނީ www.ganairport.com

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ޕްރައިވެޓް ލިމިޓެޑް

ބިލްޑިންގ ނަންބަރ 100، ސ.ގަން، އައްޑޫ ސިޓީ

 [email protected]

ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

29 ޖަނަވަރީ 2020