ދިވެހިރާއްޖެ
އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ކަނބަލުންނަށް ޙާއްސަކޮށް ހުޅުވާލުން
މިކުންފުނިން ތަޢާރަފް ކޮށްފައިވާ އެފްރެންޓިސް ޕްރޮގްރާމްގެ ދަށުން މާލޭ ވިޔަފާރި ބަނދަރުގައި ޢަމަލީ ގޮތުން މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ ފުރުޞަތު ކަނބަލުންނަށް ޙާއްސަކޮށް ވަނީ ހުޅުވައިލެވިފައެވެ.
1- ހެވީވެހިކަލްއޮޕަރޭޓަރޓްރެއިނިންގ
މިޕްރޮގްރާމްގައި ފޯކްލިފްޓް، ޓާރމިނަލް ޓްރެކްޓަރ އަދި ކްރޭން އޮޕަރޭޓް ކުރަންދަސްކޮށްދެވޭނެއެވެ.
2- ބަސް އޮޕަރޭޓަރ ޓްރެއިނިންގ
ޝަރުތު:
- ގްރޭޑް 10 ނިންމާފައިވުން
- 18 އަހަރާއި 35 އަހަރާއި ދެމެދު މީހެއްކަމުގައިވުން
އެޕްރެންޓިސް ޕްރޮގްރާމްއަށް ހޮވޭ ފަރާތް ތަކަށް އެމް.ޕީ.އެލް އިން ލިބިދޭ އިނާޔަތްތައް.
- 6 މަސް ދުވަހުގެ މުއްދަތަކަށް މަސައްކަތް ދަސްކުރުމުގެ ފުރުސަތު.
- ކޮންމެ މަހަކަށް -/6000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސައިދެވޭނެ.
- ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކުރާ ފަރާތްތަކަށް މަތީގައިވާ ހެވީވެހިކަލް އޮޕަރޭޓް ކުރުމުގެ ލައިސަންސް ނަގައިދެވޭނެވެ.
- މިޕްރޮގޮރާމް ކުރިއަށްދާނީ ޓިވެޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުންނެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކައް ޓިވެޓް އޮތޯރިޓީގެ ނެޝަނަލް ލެވެލް 3 ސެޓްފިކެޓެއް ދެވޭނެއެވެ.
- މިޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލްކުރާ ފަރާތްތަކަށް އެމް.ޕީ.އެލް އިން ދާއިމީ ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
ވީމާ، މިޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 30 ޖަނަވަރީ 2020 ބުރާސްފަތި ދުވަހުގެ 15:00 ކުރިން އެޕްލިކޭޝަން ފޯމާއި އެކު ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަން އިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.