ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-ADHR/88/2020/31
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 26 ޖަނަވަރީ 2020 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުމަށް

އިޢުލާން

 

 

މިނިސްޓްރީގެ ވެބްސައިޓް ފަރުމާކޮށް ތައްޔާރު ކުރުމާ ގުޅޭ އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ދެފުއްފެންނަ ގޮތެއްގައި ފޯރުކޮށްދިނުމަށް ވެބްސައިޓް ފަރުމާކޮށް ތައްޔާރުކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް  ހޯދުމަށް ކުރި ނަންބަރު (IUL)88-B/88/2019/59 :އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެއިޢުލާނު ބާޠިލުކޮށް، ވެބްސައިޓް ފަރުމާ ކޮށްދެވޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

މަޢުލޫމާތު ސާފުކުރުން (ޕްރީބިޑް ބައްދަލުވުން):

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 20 ޖަނަވަރީ 2020 ވާ  ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ.

 

އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން:

 

27 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 13:30 ގައި، މިނިސްޓްރީ އޮފް ޓޫރިޒަމްގައި އަންދާސީ ހިސާބުތައް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

19 ޖުމާދަލްއޫލާ 1441

14  ޖަނަވަރީ  2020

14 ޖަނަވަރީ 2020