ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)88-ADHR/88/2020/26
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 16:24
ސުންގަޑި: 16 ޖަނަވަރީ 2020 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޕްލޭނިން އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

 

ޕްލޭނިން އޮފިސަރ

މަޤާމުގެ ނަންބަރު:

 J-316714

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

މުސާރަ:

މަހަކު 6295.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  2. ޓެކްނިކަލް ކޯ އެލަވަންސް: މުސާރައިގެ %28 (މަހަކު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޓޫރިޒަމް އިންޑަސްޓްރީ ތަރައްޤީކުރުމަށް ހުށަހެޅޭ ހުށަހެޅުން ދިރާސާކޮށް މިގޮތުން ހިންގޭ ޕްރޮޖެކްޓްތައް ކުރިއަށްދާގޮތް މޮނިޓަރކޮށް ތައްޔަރުކުރުމުގައި އިދާރީގޮތުން އެހީވެދިނުން.
  2. އަލަށްތަރައްޤީ ކުރެވޭ ޓޫރިސްޓް ރިޒޯޓް، ހޮޓާ އަދި މެރީނާ ތަރައްޤީކުރުމާއި ގުޅޭގޮތުން ޕްލޭނިންގ ސެކްޝަނުން ކުރަންޖެހޭ އެކިއެކި އިދާރީ މަސައްކަތްތައް ކުރުން
  3. ސްޓްރެޓިޖިކް އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ އިދާރީ މަސައްކަތްތައްކުރުން އަދި ރިވިއު ރިޕޯޓު ފޮނުވުމަށް އެހީވެދިނުން.
  4. ޓޫރިޒަމް މާސްޓަރޕްލޭން ތައްޔާރުކުރުމުގައި އެހީވެ، މާސްޓަރޕްލޭންގައި ކަނޑައެޅިފައިވާ މަޝްރޫޢުތައް ހިންގުމުގައި އިންތިޒާމު ހަމަޖައްސައި، މިކަންކަން ކުރިއަށްދާގޮތް މޮނިޓަރކޮށް މާސްޓަރޕްލޭން ރިވިއުކުރުމާއި ގަވާއިދުން ރިޕޯޓް ތައްޔާރުކުރުމުގައި  އެހީވެދިނުން..
  5. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ދެމެހެއްޓެނިވިގޮތަކަށް ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތަކުގައި އެހީތެރިވެދިނުމާއި، ޢަމަލީގޮތުން އެކަންތައްތައް ހިންގުމުގައި އެހީތެރިވުން.
  6. ޓޫރިސްޓް ރިޒޯޓް، ހޮޓާ އަދި މެރީނާ ތަރައްޤީ ކުރުމަށްޓަކައި ދޫކުރެވިފައިވާ ބިން އަދި ފަޅުގެ ސަރަޙައްދުގެ ބައުންޑަރީ ފާހަގަކުރުމަށް ހުށަހެޅުމުން އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  7. ޓޫރިޒަމް ދާއިރާއާއި ގުޅޭ އެކިއެކި ސެމިނަރ، ވަރކްޝޮޕް އަދި ކޮންފަރަންސްތަކުގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މިފަދަ ބައްދަލުވުންތަކުން ނިންމޭ ނިންމުންތަކަށް ޢަމަލީ ސިފަ ގެނައުމާއިބެހޭ އިދާރީ މަސައްކަތްތައްކުރުން

 

މަޤާމުގެ ޝަރުޠުތައް:

  1. ހޮސްޕިޓަލިޓީ މެނޭޖްމަންޓް ނުވަތަ ޓޫރިޒަމުންކުރެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމް :ޕްރޮޖެކްޓް އޮފިސަރ
ބޭނުންވާ އަދަދު :2

 

މަޤާމް:

 

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު:

 J-316722/J-316724  

ބޭނުންވާ އަދަދު:

2

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

މުސާރަ:

މަހަކު 6295.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  2. ޓެކްނިކަލް ކޯ އެލަވަންސް: މުސާރައިގެ %28 (މަހަކު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޔުނިޓްގެ މަސައްކަތްކަމުގައި ކަނޑައަޅާފައިވާ އެންމެހާ ކަންތައްތައް، ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ހެޑް އޮފް ޑިޕާޓްމަންޓްގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ހިންގާ ބެލެހެއްޓުން
  2. ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައި ހިންގޭ ތަރައްޤީގެ މަޝްރޫއުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކަށް ހުށަހަޅާ ޑިވެލޮޕްމަންޓް ކޮންސެޕްޓް ޔުނިޓަށް ޙަވާލުކުރުމުން ޗެކްކުރުމަށް ފަހު ރަގަޅު ކަމުގައި ވާނަމަ، ކޮންސެޕްޓަށް ހުއްދަދީ އީ.އައި.އޭ  ފާސްވުމުން ތަފްސީލް ކުރެހުންތައް ހުށަހަޅުމަށް އެންގުން. އަދި  ކޮންސެޕްޓަށް އިސްލާޙްގެންނަންޖެހޭ ކަމެއް ވާނަމަ އެގޮތަށް އިސްލާޙުކުރުމަށް ފަހު ހުށަހެޅުމަށް އެންގުން އަދި ރެކޯޑް ބެލެހެއްޓުން
  3. ފަތުރުވެރިކަމުގެ މަޝްރޫއުތަކަށް ހުށަހަޅާ ތަފްސީލް ކުރެހުންތައް ޔުނިޓަށް ޙަވާލުކުރުމުން ޗެކްކުރުމަށް ފަހު ރަގަޅު ކަމުގައި ވާނަމަ، އިމާރާތްކުރުމުގެ ހުއްދަދިނުން. އަދި ތަފްސީލް ކުރެހުންތަކަށް އިސްލާޙްގެންނަންޖެހޭ ނަމަ ނުވަތަ ކުރެހުން މަދުނަމަ އިސްލާޙުކުރުމަށް ފަހު ހުށަހެޅުމަށް އެންގުން
  4. ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައާއި އަދި އަލަށް ތަރައްޤީކުރެވެމުންދާ ތަންތަނުގެ ޢިމާރާތްކުރުމުގެ މަސައްކަތް ކުރެވިފައިވާ މިންވަރު ބެލުމަށް އިންސްޕެކްޝަންތައް ރާވާ މަސައްކަތް ކުރެވިފައިވާ މިންވަރު ބެލުން އަދި ރިޕޯޓް ތައްޔާރުކުރުން
  5. ރިޒޯޓް އިމާރާތްކުރުމުގެ ފިޔަވަހީގެ މަސައްކަތާއި ގުޅިގެން ހުށަހެޅޭ ޕްރޮގްރެސް ރިޕޯޓްތަކުން ބަލަހައްޓަންޖެހޭ ހުރިހާ ރެކޯޑްތައް ބަލަހައްޓުމާއި ފަތުރުވެރިކަން ތަރައްޤީކުރުމުގައި ސަރުކާރުން އެކި ފަރާތްތަކަށް ދެއްވާ އިމްޕޯރޓް ޑިއުޓީގެ އިނާޔަތްތަކާއިބެހޭ ހިސާބުތަކާއި ރެކޯޑުތައް ބެލެހެއްޓުން އަދި ފަތުރުވެރިކަމަށް ދޫކުރެވިފައިވާ އަދި ތަރައްޤީ ކުރެވިފައިވާ ރަށްރަށާއި ބިންބިމުގެ ބިމުގެ ބޮޑުމިން ބަލައި އަލުން ރަޖަސްޓްރީ ކުރުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިސާބުތަކާއި ރެކޯޑުތައް ބެލެހެއްޓުން
  6. ސެކްޝަންގެ އެސް. އޭ. ޕީ. އަޕްޑޭޓް ކުރުމަށް އެހީތެރިވެދިނުން
  7. ސެކްޝަންގެ ބަޖެޓް އެކުލަވާލުމަށް އެހީތެރިވެދިނުން
  8. ސެކްޝަންގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވެދިނުން 

މަޤާމުގެ ޝަރުޠުތައް:

 

  1. ސިވިލް އިންޖިނިއަރިންގ ނުވަތަ ސްޓްރަކްޗަރަލް އިންޖިނިއަރިންގގެ ތަޢުލީމީ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން

 

މަޤާމް :ކޮލިޓީ އޮޑިޓިންގ އޮފިސަރ
ބޭނުންވާ އަދަދު :1

 

މަޤާމް:

 

ކޮލިޓީ އޮޑިޓިންގ އޮފިސަރ

މަޤާމުގެ ނަންބަރު:

J-316650

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

މުސާރަ:

މަހަކު 6295.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  2. ޓެކްނިކަލް ކޯ އެލަވަންސް: މުސާރައިގެ %28 (މަހަކު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީއަށް ރަޖިސްޓްރީކޮށް އަދި ހިންގުމުގެ ހުއްދަ ހޯދުމަށް އެދޭ ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓް ހައުސް، ޓޫރިސްޓް އުޅަނދުފަހަރު، ފީނުމާއި ބެހޭ މަރުކަޒު، ޓްރެވެލް އެޖެންސީ އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ލިބިދޭ ޚިދުމަތާއި ތަނުގެ ފެންވަރު ޤަވާއިދާ އެއްގޮތަށް ހުރިތޯ ބަލާ އިންސްޕެކްޓްކޮށް ރިޕޯޓް ތައްޔާރު ކުރުން.
  2. މިނިސްޓްރީގައި ރަޖިސްޓްރީކޮށް އަދި ހިންގަމުންގެންދާ ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓް ހައުސް، ޓޫރިސްޓް އުޅަނދުފަހަރު، ފީނުމާއި ބެހޭ މަރުކަޒު، ޓްރެވެލް އެޖެންސީ އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ރޫޓީން އިންސްޕެކްޝަން ކޮންމެ އަހަރަކު ތާވަލްކޮށް ކުރުން
  3. ޓޫރިސްޓް ސިނާއަތުގައި ހިމެނޭ ތަންތަނާއި ގުޅުންހުރި ޤަވާއިދުތަކާއި އަދި ޤަވާއިދަށް ގެނެވޭ އިސްލާޙުތަކުގެ ރެކޯޑް ބެލެހެއްޓުން. އަދި މިނިސްޓްރީގެ ޤަވާއިދުގައިވާ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގެ ސްޓޭންޑާރޑް ރިވައިސްކުރުމުގެ މަސައްކަތުގައި އެހީތެރިވެ މިކަމާއި ގުޅުންހުރި ރެކޯޑްތައް ބެލެހެއްޓުން
  4. މިނިސްޓްރީގެ އިދާރީ ޤާބިލިއްޔަތުކަން އިތުރުކޮށް، ލާމަރުކަޒީ އުޞޫލުން ހިންގުމަށް މަގުފަހިކުރުމަށްޓަކައި މިނިސްޓްރީގެ މޮނިޓަރިންގ އަދި ރެގިއުލޭޓަރީ މަސައްކަތްކުރާ ފަރާތްތައް ތަމްރީނުކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން

 

މަޤާމުގެ ޝަރުޠުތައް:

 

  1. ޓޫރިޒަމް ނުވަތަ ހޮސްޕިޓަލިޓީ މެނޭޖްމަންޓުންކުރެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން

 

މަޤާމް :ސްޓެޓިސްޓިކަލް އޮފިސަރ
ބޭނުންވާ އަދަދު :1

 

މަޤާމް:

 

ސްޓެޓިސްޓިކަލް އޮފިސަރ

މަޤާމުގެ ނަންބަރު:

 J-316675

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

މުސާރަ:

މަހަކު 6295.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  2. ޓެކްނިކަލް ކޯ އެލަވަންސް: މުސާރައިގެ %28 (މަހަކު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފަތުރުވެރިން ބައިތިއްބާ ތަންތަން (ރިޒޯޓް/ހޮޓެލް/ގެސްޓްހައުސް/ސަފާރީ އުޅަނދު) ބެޑްނައިޓްސް ރިޕޯޓް ތައްޔާރުކޮށް ރީޗެކްކުރުން
  2. މަހަކު އެއްފަހަރު އެރައިވަލް ރިޕޯޓްއާއި ޓޫރިޒަމް އިންޑިކޭޓަރ ޓޭބަލް ތައްޔާރުކުރުން
  3. ސަރުކާރުގެ ދާއިރާތަކުންނާއި ޢާއްމު ފަރާތްތަކަށް ބޭނުންވާ ފަތުރުވެރިކަމާއި ބެހޭ ތަފާސްހިސާބު ތައްޔާރުކޮށް އެފަރާތްތަކަށް ފޯރުކޮށްދިނުމަށް ތައްޔާރުކުރެވޭ މަޢުލޫމާތު ޗެކްކޮށް ވެރިފައިކޮށް ފޮނުވުން
  4. ޓޫރިޒަމް ތަފާސް ހިސާބާބެހޭ އަހަރީ ފޮތް (ސްޓެޓިސްޓިކަލް އިޔަރބުކް) ތައްޔާރުކުރުމުގައި އެހީތެރިވެ، އެކިދާއިރާތަކުން ހޯދާ މަޢުލޫމާތު ކޮމްޕައިލް ކުރުން
  5. ޔޫ.އެން.ޑަބްލިއު.ޓީ.އޯ، ޕާޓާ އަދި މިނޫންވެސް މިފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ފޮނުވުމަށް ތައްޔާރުކުރެވޭ ތާވްލްތައް ޗެކްކޮށް ވެރިފައިކޮށް ފޮނުވުން
  6. ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކަށް ބޭނުންވާ ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުންހުރި ތަފާސްހިސާބު ތައްޔާރުކޮށް ފޮނުވުން

 

މަޤާމުގެ ޝަރުޠުތައް:

 

  1. އެޕްލައިޑް މެތަމެޓިކްސް ނުވަތަ ސްޓެޓިސްޓިކްސުންކުރެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން
މަޤާމް :އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ
ބޭނުންވާ އަދަދު :1

 

މަޤާމް:

 

އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

 J-317114

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

މުސާރަ:

މަހަކު 6295.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  2. ޓެކްނިކަލް ކޯ އެލަވަންސް: މުސާރައިގެ %28 (މަހަކު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ މީހުން ބިނާކުރުމަށްޓައި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އަދި ސޯޝަލް ރެސްޕޯންސިބިލިޓީގެ ރެކޯޑް ބެލެހެއްޓުން
  2. ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގުޅޭގޮތުން މިނިސްޓްރީން ކޯޑިނޭޓްކުރުމާއި ކުރަންޖެހޭ ކަންކަމުގައި ޢަމަލީގޮތުން މަސައްކަތްކުރުން
  3. މިމިނިސްޓްރީއާއި ބައިނަލްޢަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތައް ގުޅިގެން ހިންގޭ މަޝްރޫޢު/ ޕްރޮގްރާމްތައް ވިލަރެސް ކުރުމުގައި ސުޕަވައިޒަރުގެ އިރުޝާދުގެ މަތިން މިމިނިސްޓްރީން ކުރަންޖެހޭ މުޢާމަލާތް ކުރުމުގައި އެހީތެރިވެދިނުމާއި ރެކޯޑް ބެލެހެއްޓުން
  4. މިމިނިސްޓްރީއިން ބައިވެރިވާ ކޮފަރަންސްތަކާއި މަޝްވަރާތަކަށް ބޭނުންވާ ދިރާސާ ކަރުދާސްތައްޔާރުކުރުމުގެ އިދާރީ މަސައްކަތްކޮށް އޭގެ ރެކޯޑް ބެލެހެއްޓުން
  5. ފަތުރުވެރިކަމުގެދާއިރާއާއި ގުޅުން ހުރި ބައިނަލް ޢަޤްވާމީ އެކި ބައްދަލުވުންތަކާއި ޙަރަކާތްތަކުގައި މިމިނިސްޓްރީން ބައިވެރިވުމަށް ކުރަން  ޖެހޭ މުޢާމަލާތްތައްކޮށް އޭގެ ރެކޯޑް ބެލެހެއްޓުން
  6. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބައްޓަން ކުރުމަށް ސަރުކާރުގެ ދާއިރާތަކާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ބައިނަލް ޢަޤްވާމީ މަޝްރޫއުތައް/ ޕްރޮގްރާމް ތަންފީޒް ކުރުމުގެ އިދާރީ މަސައްކަތް ކުރުން
  7. ފޮރިން އިންޓާރން ސްޕެޝަލް ވިސާއަށް ބޭނުންވާ ނޯ އޮބްޖެކްޝަން ލެޓަރ ތައްޔާރުކުރުން 

މަޤާމުގެ ޝަރުޠުތައް:

 

  1. އިންޓަރނޭޝަނަލް ރިލޭޝަންސްގެ ތަޢުލީމީ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން
މަޤާމް :ޕްރޮކިއުމެންޓް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމް:

 

ޕްރޮކިއުމެންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

 J-316691

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

މުސާރަ:

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  2. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 700.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހަށް ގަންނަންޖެހޭތަކެތި މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތަށް ގަތުމުގެ މަސައްކަތްކުރުން
  2. އޮފީހަށް މަދުވާ/ގަންނަން އެދޭ ތަކެތި ގަތުމަށް ރިކުއެސްޓް ލިބުމުން/ހޯދާ ޕްރޮސެސްކުރުން
  3. އިޢުލާންކޮށްގެން ކުރުވަންޖެހޭ މަސައްކަތްތަކާއި ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުން
  4. މައުލޫމާތު ދިނުމަށް ތައްޔާރުކުރަންޖެހޭ ލިޔުންތައް ހަމަކޮށް އިއުލާނުގައިވާ ގަޑިއަށް މައުލޫމާތު ދިނުން
  5. ބިޑްތައް އިވެލުއޭޓްކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް މިނިސްޓްރީގެ އެސްޓިމޭޓް ކޮމިޓީ ބާއްވައި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމާއި ބިޑް ކޮމިޓީގެ އެންމެހާ އިދާރީމަސައްކަތްކުރުން
  6. އަހަރަކު 3 ފަހަރު ޕްރޮކިޔޯމަންޓްއާއި ބެހޭ ތަފްޞީލީ ރިޕޯޓެއް ތައްޔާރުކޮށް މެނޭޖްމަންޓަށް ހުށަހެޅުން
  7. މަހަކު 1 ފަހަރު ޕްރޮކިޔޯމަންޓްއާއި ބެހޭ ރިޕޯޓެއް ތައްޔާރުކޮށް ޔުނިޓު ހެޑަށް ހުށަހެޅުން
  8. ރާއްޖެއިން ބޭރުން ހޯދަންޖެހޭ ކޯޓޭޝަންތައް ހޯދައި ޕްރޮސެސްކުރުން
  9. ރާއްޖެއިން ބޭރުން ލިބޭތަކެތި ކަސްޓަމުން ކްލިއަރ ކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން
  10. މީޓިންގތަކަށާއި އެހެނިހެން ކަންތައްތަކަށް ބޭނުންވާ ޑޮކިއުމަންޓްސް އެބޭނުންވާ ފޯމެޓެއްގައި ތައްޔާރުކުރުން/ހޯދުން

މަޤާމުގެ ޝަރުޠުތައް:

 

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން މިއިން ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (www.tourism.gov.mv ވެބްސައިޓްގައިވާ ނަމޫނާއާއެއްގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅައިފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ،ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރޭންސްކްރިޕްޓްގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

   7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. މަގާމާއި ގުޅޭ ދާއިރާއިން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާ ކެތްތެރިކަމާއެކު ކަންތައްތައް ކުރެވޭ މީހެއް ކަމުގައިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ، 22 ޖެނުއަރީ 2020 އާއި 29 ޖެނުއަރީ 2020 އާ ދެމެދު، މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތެގެ (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި މިނިސްޓްރީގައި އަދި މިމިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3322512 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

12 ޖުމާދަލްއޫލާ 1441

07 ޖެނުއަރީ 2020

07 ޖަނަވަރީ 2020