މަސައްކަތް
ނަންބަރު: (IUL)426-AA/426/2020/01
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 08:36
ސުންގަޑި: 08 ޖަނަވަރީ 2020 12:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީގެ 3 އަވަށެއްގައި ޤާއިމްކުރެވޭ "ގޭދޮށު މަސް ޕްލާންޓް" ޤާއިމުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީގެ ޚިދުމަތްފޯރުކޮށްދޭނެފަރާތެއްހޯދުމަށް

އިޢުލާން

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ 3 އަވަށެއްގައި ޤާއިމްކުރެވޭ "ގޭދޮށު މަސް ޕްލާންޓް" ޤާއިމުކުރުމުގެ މަސައްކަތަށް މިއިދާރާއަށް ކޮންސަލްޓެންސީގެ ޚިދުމަތްފޯރުކޮށްދޭނެ ފަރާތެއްހޯދުމަށް ކުރެވުނު ނަންބަރު:(IUL)426-AA/426/2019/471  އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލެވެ.

ވީމާ، މިޚިދުމަތްފޯރުކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. 2020 ޖަނަވަރީ 06 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2020 ޖަނަވަރީ 08 ވާ ބުދަ ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ބިޑް ޑޮކިއުމެންޓް ލިބިވަޑައިގަންނަވާނެއެވެ.

ބީލަން ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2020 ޖަނަވަރީ 09 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2020 ޖަނަވަރީ 06 ވާ ހޯމަ ދުވަހުން ފެށިގެން 2020 ޖަނަވަރީ 08 ވާ ބުދަ ދުވަހުގެ 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2020 ޖަނަވަރީ 08 ބުދަ ދުވަހުގެ 16:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

10 ޖުމާދަލްއޫލާ 1441 

06 ޖަނަވަރީ 2020