ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSMS/248/2020/3
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 06 ޖަނަވަރީ 2020 20:30
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރ ރައްޔިތުންނާ ބައްދަލުކުރުން

          ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، މުހައްމަދު ޝިފާޢު، މިރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާތީ، ބައްވާ ހާއްސަ ބައްދަލުވުމެއް 06 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ ރޭގަނޑު 20:30 ގައި، މިރަށު ރަށްވެހި ގޭގައި އޮންނާނެއެވެ.

          ވީމާ، މިބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެދެއްވުމަކީ މި ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ.

05 ޖަނަވަރީ 2020