ދިވެހިރާއްޖެ
އިޢުލާން
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ 3 އަވަށެއްގައި ޤާއިމްކުރެވޭ "ގޭދޮށު މަސް ޕްލާންޓް" ޤާއިމުކުރުމުގެ މަސައްކަތަށް މިއިދާރާއަށް ކޮންސަލްޓެންސީގެ ޚިދުމަތްފޯރުކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިޚިދުމަތްފޯރުކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. 26 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30ން ފެށިގެން 2019 ޑިސެންބަރު 31 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ބިޑް ޑޮކިއުމެންޓް ލިބިވަޑައިގަންނަވާނެއެވެ.
ބީލަން ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2020 ޖަނަވަރީ 5 ވާ އާދީއްތަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2019 ޑިސެންބަރު 26 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2019 ޑިސެންބަރު 31 ވާ އަންގާރަ ދުވަހުގެ 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2019 ޑިސެންބަރު 31 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
އީމެއިލް: [email protected]
ކޮޕީ : [email protected]
29 ރަބީއުލްއާޚިރު 1441